ބޮޑެތި ބަލިތައް ނުވަތަ 'ޓާމިނަލް އިލްނަސް' ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ޕެންޝަން ފަންޑުގައި ހުރި ފައިސާ ބޭނުންކުރެވޭނެ ގޮތަށް، ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީޤުކުރައްވައިފިއެވެ.
ރައީސް އޮފީހުން ހާމަކުރެއްވި ގޮތުގައި، ގާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނު) އަށް 6 ވަނަ އިސްލާހު ގެނައުމުގެ މި ބިލަކީ، 14 މޭ 2026 ވީ ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 19 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.
މި އިސްލާހުގެ ދަށުން ޕެންޝަން ނިޒާމަށް މުހިންމު ބަދަލުތަކެއް ގެނެވިފައިވާއިރު، އޭގެ ތެރޭގައި އަސާސީ ޕެންޝަނުގެ އުސޫލުތައް މުރާޖާކުރުމާއި، ޕެންޝަން ފަންޑުގައިވާ ފައިސާ ބޭނުންކުރެވޭނެ އިތުރު ހާލަތްތައް ކަނޑައެޅުން ހިމެނެއެވެ. އެގޮތުން، ޓާމިނަލް އިލްނަސް ނުވަތަ ފަރުވާކުރެވެން ނެތް ބޮޑެތި ބަލިތަކުގެ ހާލަތުގައިވާ ފަރާތްތަކަށް ޕެންޝަން ފަންޑުގައިވާ ފައިސާ ދޫކުރުމުގެ އުސޫލުތައް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، ހައްޖުގެ މާތް އަޅުކަން އަދާކުރުމަށްޓަކައި ކުރިއާލާ ޖާގަ ރިޒާވް ކުރުމަށާއި، ގެދޮރު އިމާރާތްކުރުމާއި މަރާމާތުކުރުމުގެ ބޭނުމަށް ޕެންޝަން ފަންޑުގައިވާ ފައިސާ ރަހުނުކުރެވޭނެ ނުވަތަ ކޮލެޓަރަލައިޒް ކުރެވޭނެ އިންތިޒާމުވެސް މި އިސްލާހާއެކު ވަނީ ފަހިވެފައެވެ.
މި ބިލުގައި އަލަށް ކަނޑައަޅާފައިވާ އުސޫލުތަކަށް ބަލާއިރު، އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަނުގެ ގޮތުގައި ލިބޭ އަދަދަށްވުރެ ބޮޑު އާމްދަނީއެއް އެހެން ގޮތްގޮތުން ލިބޭ ފަރާތްތަކަށް އަސާސީ ޕެންޝަން ލިބިނުދެވޭނެކަން ވަނީ ބަޔާންކޮށްފައެވެ.
ރައީސް މި ބިލު ތަސްދީގުކުރައްވައި، ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެއްވުމާ ގުޅިގެން، މިއަދުން ފެށިގެން މި އިސްލާހުތަކަށް އަމަލުކުރަން ވަނީ ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު