ސަރުކާރުގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން ބައެއް މިނިސްޓްރީތައް އެއްކޮށްލައި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 15 އަށް މަދުކުރުމަށް ނިންމެވި ނިންމެވުމާއެކު، އޭގެ ހެޔޮ ނަތީޖާ މިހާރު ފެންނަން ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދައުލަތުގެ މީޑިއާއިން ގެނެސްދިން ޚާއްޞަ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ސަރުކާރުގެ އޮނިގަނޑަށް ގެނައި މި ބަދަލަކީ ރައްޔިތުންގެ އިތުބާރު ބޮޑުވެ، މަސައްކަތްތައް އަވަސްވެގެންދިޔަ ކަމެއް ކަމަށެވެ.
ސަރުކާރުގެ ކެބިނެޓަށް މި ބޮޑު ބަދަލު ގެންނަން ނިންމެވީ، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނެގި ވޯޓާއި، ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރަށް ލިބުނު ނަތީޖާއަށް ރިޢާޔަތްކުރެއްވުމަށްފަހުއެވެ. އެ އިންތިޚާބުތަކަށްފަހު ރައީސްގެ އެންގެވުމަށް 8 މިނިސްޓަރަކު ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ. އެއާއެކު ރައީސް ވަނީ 4 މިނިސްޓްރީއެއް އެއްކޮށްލައްވައި، އާ މިނިސްޓަރުން އައްޔަންކުރައްވައިފައެވެ.
ރައީސް މުޢިއްޒު ވިދާޅުވީ އިންތިޚާބުގެ ނަތީޖާއިން ބުނެދިނީ ސިޔާސަތުތައް ތަންފީޒުކުރުމުގައި ބަދަލުތަކެއް ގެންނަންޖެހޭ ކަމެވެ. އަދި ގޯސްކޮށް ކަމެއް ކުރެވޭނަމަ އެކަމެއް އިޞްލާޙުކުރުމަކީ އެމަނިކުފާނު ފަސްޖެހިވަޑައިގަންނަވާނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
"ކެބިނެޓަށް ގެނައި ބަދަލާ އެކު، ބައެއް މިނިސްޓްރީތަކުގެ ފެންވަރު ރަނގަޅު ކުރެވިއްޖެ. މީގެ މާނައެއް ނޫން ކުރީގެ މިނިސްޓަރުން ފަރުވާތެރިކަމާ އެކު މަސައްކަތް ނުކުރީއޭ. އެކަމަކު އެއަށް ވުރެ މަސައްކަތްތައް ރަނގަޅު ކުރަން ވެގެން ބަދަލު ގެނައީ،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުގެ ސައިޒު ކުޑަކޮށް، މަސައްކަތުގެ ފެންވަރު މަތިކުރުމަކީ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެކެވެ. އެހެންކަމުން، ކޮންމެ މިނިސްޓްރީއެއްގެ މަސައްކަތްތައްވެސް ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް މި ބަދަލުގެ ސަބަބުން ދައުލަތް ހިންގުމުގެ ނިޒާމަށް އެދެވޭ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު