ކުރީގެ ރައީސް އަދި ޕީއެންއެފްގެ އިސްވެރިޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުންނެވީ ދޮގު ހަދާ ހަދާ ގޮސް، އެކަމަށް ދެވިހިފާފައި ކަމަށެވެ.

ފްރޮންޓު އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރައީސް މުއިއްޒު ދޮގު ހެދުމަށް ފަރިތަވެފައި ހުރި މިންވަރުން، އެމަނިކުފާނު ކިތަންމެ ބޮޑު ދޮގެއް ހެއްދެވި ނަމަވެސް އާންމުންނަށް އެކަން ފާހަގަކުރަން ނޭނގޭ ކަމަށެވެ.

މީގެ އިތުރުން، މިއަހަރުގެ ރިޔާސީ ބަޔާން އިއްވި ދުވަހު ގައުުމުގެ ރިޒާވްއާ ގުޅޭގޮތުން ރައީސް މުއިއްޒު ހެއްދެވީ އިތުރުފުޅެއްކަން ފާހަގަކުރައްވަމުން ޔާމީން ވިދާޅުވީ، އެއީ ގައުމެއްގެ ވެރިއެއްގެ ފަރާތުން ފެންނާނެ އެންމެ ދަށު ދަރަޖައިގެ އަމަލު ކަމަށެވެ. އަދި މަޖިލިސް މެމްބަރުންނަށްވެސް އެ ދޮގުތައް ފާހަގަނުކުރެވުނީ ރައީސް މުއިއްޒު އެކަމަށް އިންތިހާއަށް ފަރިތަވެފައި ހުރުމުން ކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒުގެ ފަރާތްޕުޅުން ރައްޔިތުންނަށް އޮޅުވާލުން ނޫން ކަމެއް މިހާތަނަށް ފެނިފައި ނުވާ ކަމަށެވެ. މި ވާހަކަފުޅުތަކާއެކު ރައީސް ޔާމީން ވަނީ މިހާރުގެ ސަރުކާރުގެ ސިޔާސަތުތަކަށާއި ރައީސްގެ އިތުބާރުގެ މައްޗަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު