ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު އަދި ރައީސް ޔާމީން
ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު އަދި ރައީސް ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެމަނިކުފާނަށް ދެން އެމަނިކުފާނު ވެރިކަން ކުރެއްވޭނީ ހަމައެކަނި ގޭގެ ސިޓިންރޫމުގައި ކަމަށް ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޔާމީންގެ އެންމެ ބޮޑު އަމާޒަކީ ކޮންމެ ގޮތެއް ހަދައިގެންވެސް އަލުން ވެރިކަމަށް ވަޑައިގަތުން ކަމަށެވެ.

ފަލާހު ކުރެއްވި ސުވާލުގައި، ދިވެހި ރައްޔިތުންގެ ބޮލަށް އަދިވެސް ސަވާރުވެވޭނެ ކަމަށް ޔާމީން ގަބޫލުކުރައްވަނީތޯ އެއްސެވިއެވެ.

އަދި ޔާމީންގެ ހަގީގީ ބޭނުންފުޅަކީ އަނެއްކާވެސް ދައުލަތުގެ ބައިތުލްމާލު ކައިހުސްކޮށްލުން ކަމަށް ތުހުމަތު ކުރައްވަމުން ފަލާހު ވިދާޅުވީ، ޔާމީންގެ ފަސް އަހަރުގެ ވެރިކަމުގައި ދައުލަތުން ފަސް ބިލިއަން ރުފިޔާ ލޫޓުވާލައި، ގާނޫނީ ލޫޕްހޯލްތައް ބޭނުންކޮށްގެން އެ ފައިސާ މަނީ ލޯންޑަރ ކުރައްވަމުން ގެންދަވާ ކަމަށެވެ.

ކުރީގެ ރައީސް ޔާމީން ދައްކަވަމުން ދާ އެކި ވާހަކަފުޅުތަކަށް ސަރުކާރު މެމްބަރުންނާއި ފަލާހު ގެންދަވަނީ ތަކުރާރުކޮށް ރައްދު ދެއްވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު