ތައިލެންޑުގެ ސޮންގްކްލާ ޕްރޮވިންސްގައި ހުންނަ "ޕަޓޮންގް ޕްރަތަން ޚީރީ ވިތު" ސްކޫލަށް ހަތިޔާރު އެޅި މީހަކު ވަދެ ބަޑިޖަހައި، އެތައް ބަޔަކު ޒަޚަމްކޮށްލައިފިއެވެ. މި ބިރުވެރި ހާދިސާގައި ބަޑި ހިފައިގެން ހުރި މީހާ ވަނީ ސްކޫލުގެ ދަރިވަރުންނާއި މުދައްރިސުން ރަހީނުކޮށްފައެވެ. ރިޕޯޓްތައް ބުނާގޮތުން، މި ހަމަލާގައި ޒަޚަމްވި މީހުންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ނުވަތަ ހަމަލާ ދިން މީހާގެ މަގުސަދެއް އަދި ސާފެއް ނުވެއެވެ. ސަލާމަތީ ބާރުތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. މިއީ މިފަހަކަށް އައިސް ތައިލެންޑުގެ ސްކޫލެއްގައި ހިނގި މިފަދަ އެންމެ ނުރައްކާތެރި އެއް ހާދިސާއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް