ތައިލެންޑުގެ އުޑޮން ތާނީ ޕްރޮވިންސުގެ ބަން ފުއު ޑިސްޓްރިކްޓުން، މަސްކާ ޑައިނޯސަރެއްގެ ފިޔަވަޅުތަކެއް ފެނިފައިވާ ކަމަށާއި، މިއީ އެ ސަރަޙައްދުން މިފަދަ ނިޝާންތަކެއް ފެނުނު ފުރަތަމަ ފަހަރު ކަމަށް އެ ޤައުމުގެ މިނެރަލް ރިސޯސަސް ޑިޕާޓްމަންޓުން ކަށަވަރުކޮށްދީފިއެވެ.
ހިލަމުށިގަނޑެއްގެ މަތިން ފެނިފައިވާ މި 6 ފިޔަވަޅަކީ މީގެ ގާތްގަނޑަކަށް 120 މިލިއަން އަހަރު ކުރީގެ، "އާލީ ކްރެޓޭޝިއަސް" ޒަމާނަށް ނިސްބަތްވާ ތަކެއްޗެވެ. ދެފައިމައްޗަށް ހިނގާބިނގާވެ އުޅުނު "ތެރޮޕޮޑް" އާއިލާގެ މި ޑައިނޯސަރުގެ ކޮންމެ ފިޔަވަޅެއްގެ ދިގުމިނުގައި 29 ސެންޓިމީޓަރު އަދި ފުޅާމިނުގައި 26 ސެންޓިމީޓަރު ހުއްޓެވެ. މީގެއިތުރުން ކޮންމެ ފިޔަވަޅަކުން ވެސް ތިން އިނގިލީގެ ނިޝާން ވަރަށް ސާފުކޮށް ފެންނަން އެބަހުއްޓެވެ.
ފިޔަވަޅުތަކުގެ ސައިޒަށް ބަލައި ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި، މި ޑައިނޯސަރުގެ އުސްމިނުގައި ގާތްގަނޑަކަށް 1.42 މީޓަރު އަދި ދިގުމިނުގައި 6.3 މީޓަރު ހުންނާނެއެވެ. އަދި މިއީ މީގެކުރިން ތައިލެންޑުން ފެނިފައިވާ "ސިއާމޯޓިރެނަސް އިސާނެންސިސް" އާ އެއް ޒަމާނެއްގެ، އެއާ އެއް ސައިޒެއްގެ ޖަނަވާރެއް ކަމަށް ވެސް ބެލެވެއެވެ.
މި ތާރީޚީ ހޯދުން ޢާންމުންގެ ސަމާލުކަމަށް އައީ މުއެންގް ފާން ސަރަޙައްދުގެ ރައްޔިތެއް ކަމަށްވާ ޕިޗާއީ ޕްރަތެޓްސެނާއަށް، ފޫ ފްރާ ބަޓް ސަރަޙައްދުން މި ފިޔަވަޅުތައް ފެނިގެން ފޭސްބުކް ގުރޫޕެއްގައި ފޮޓޯތައް ޙިއްޞާކުރުމާ ގުޅިގެންނެވެ. އެއާއެކު ކަމާބެހޭ އިދާރާތަކުގެ ސަމާލުކަން ލިބި، އޮފިޝަލުން ވަނީ އެ ސަރަޙައްދަށް ގޮސް ތަޙުޤީޤުތައް ފަށާފައެވެ.
ޤުދުރަތީ ގޮތުންނާއި މީހުންގެ ޢަމަލުތަކުގެ ސަބަބުން މި ފިޔަވަޅުތަކަށް ގެއްލުމެއް ލިބުނަ ނުދިނުމަށްޓަކައި، މިނެރަލް ރިސޯސަސް ޑިޕާޓްމަންޓުން މިހާރު ވަނީ ޤައުމީ ޕާކުތަކާ ބެހޭ އިދާރާއާއި ފައިން އާޓްސް ޑިޕާޓްމަންޓާ ގުޅިގެން އެ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތް ފަށާފައެވެ. އަދި ކުރިމަގުގައި އެތަން ބިމުގެ ޢިލްމު (ޖިއޮލޮޖީ) ދިރާސާކުރާ މަރުކަޒަކަށާއި ފަތުރުވެރިން ޒިޔާރަތްކުރާ މަންޒިލަކަށް ހެދުމަށް ވިސްނަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް، މި ފިޔަވަޅުތައް ރައްކާތެރިކަމާއެކު ދެމެހެއްޓުމަށްޓަކައި، މިވަގުތު އެ ސަރަޙައްދަށް ނުދިއުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު