އިމިގްރޭޝަން މަރުޙަލާތައް އަވަސްކޮށް، އެއާޕޯޓުތަކުގެ ތޮއްޖެހުން ކުޑަކުރުމުގެ މަޤްޞަދުގައި ތައިލެންޑުގެ އޮޓޮމޭޓެޑް ޕާސްޕޯޓް ކޮންޓްރޯލް ޚިދުމަތް 33 ޤައުމަކާއި ސަރަޙައްދަކަށް ފުޅާކޮށްފިއެވެ.
ތައިލެންޑުގެ އިމިގްރޭޝަން ބިއުރޯގެ ކޮމިޝަނަރ ޕޮލިސް ލެފްޓިނެންޓް ޖެނެރަލް ނޮޕަސިލްޕް ޕޫންސަވަތު ވިދާޅުވީ، އޮގަސްޓް 24 ގައި ނެރުނު ގަވައިދުގެ ދަށުން ގެނައި މި ބަދަލާއެކު، ވިސާ ލިބުން އިސްތިސްނާވާ ފަރާތްތަކާއި އީ-ވިސާ އޮންނަ ފަރާތްތަކަށް މި ޚިދުމަތް ލިބިގެންދާނެ ކަމަށެވެ.
މި ޤައުމުތަކުގެ ލިސްޓުގައި ސިންގަޕޫރު، މެލޭޝިއާ، ޖަޕާން، ދެކުނު ކޮރެއާ، އޮސްޓްރޭލިއާ، ނިއުޒީލެންޑް، ކެނެޑާ، ޔޫއޭއީ އަދި އިނގިރޭސިވިލާތް، ފްރާންސް، ޖަރުމަނުވިލާތް އަދި އިޓަލީ ހިމެނޭހެން ޔޫރަޕުގެ 24 ޤައުމެއް ހިމެނެއެވެ.
މި ޚިދުމަތް މިވަގުތު ލިބެން ހުރީ ސުވަރްނަބޫމީ އެއާޕޯޓުގައި އެކަންޏެވެ. ނަމަވެސް، ޑޮން މުއެންގް އަދި ޕުކެޓް އެއާޕޯޓަށް މި ޚިދުމަތް ފުޅާކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
މި ޚިދުމަތަށް ޝަރުޠުހަމަވާ ފަސިންޖަރުން "ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު" (ޓީޑީއޭސީ) ފުރުމުން، އެކަން އެންގުމުގެ ގޮތުން އީމެއިލް މެދުވެރިކޮށް ނޯޓިފިކޭޝަން ލިބޭނެއެވެ.
ސެޕްޓެމްބަރު 18 ގައި މި ޚިދުމަތް ޓެސްޓު ކުރުމުގެ ގޮތުން ފެށިފަހުން، މި ނިޒާމު ބޭނުންކުރާ ފަސިންޖަރުންގެ ޢަދަދު ދުވާލަކު 744 އިން 2،125 އަށް ވަނީ އިތުރުވެފައެވެ.
ސެޕްޓެމްބަރު 18 އިން އޮކްޓޫބަރު 31 ގެ ނިޔަލަށް ޖުމްލަ 94،760 ގައުމުން ބޭރުގެ ދަތުރުވެރިން މި ނިޒާމު ބޭނުންކޮށްފައިވެއެވެ. މީގެ ތެރޭގައި އެންމެ ގިނައީ ސިންގަޕޫރުގެ ރައްޔިތުންނެވެ. ދެން އެންމެ ގިނައިން ބޭނުންކޮށްފައިވަނީ ހޮންކޮންގް، ދެކުނު ކޮރެއާ، ޖަޕާން އަދި މެލޭޝިއާގެ ދަތުރުވެރިންނެވެ.

ކިޔުންތެރިންގެ ހިޔާލު