މިދިޔަ މަހު މަރުވި ބޮލީވުޑްގެ މެގަ ސްޓާރު ދަރުމެންދުރާގެ އެންމެ ފަހުގެ ފިލްމު "އިސްކީސް" ގެ ޓްރެއިލާ ދައްކާލައިފިއެވެ.
ސްރީރާމް ރަގްވަން ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ތާރީހީ ބައޮގްރަފިކަލް ޑްރާމާއެކެވެ. މި ފިލްމުގެ ވާހަކަ ބިނާކޮށްފައި ވަނީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު 1971 ގައި ކުރި ހަނގުރާމައިގައި މަރުވި އުމުރުން 21 އަހަރުގެ ގައުމީ ބަތަލު އަރޫން ކެތުރިޕާލްގެ ހަޔާތުގެ މައްޗަށެވެ.
މި ފިލްމުގައި އަރޫންގެ ރޯލު ކުޅެފައިވަނީ އަމީތާބް ބައްޗަންގެ ކާފަދަރިފުޅު އަގަސްތިއާ ނަންދާ އެވެ. އަދި މި ފިލްމުގައި ދަރްމެންދުރާ ކުޅެފައިވަނީ އަގަސްތިޔާގެ ބައްޕަގެ ރޯލެވެ.
ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ޖައިދީޕް އަހުލުވާތު، ރާހުލް ދޭވް، ވިވާން ޝާހް، ސިކަންދަރު ކޭރް އަދި އެކަވަލީ ކަންނާ ވެސް ހިމެނެ އެވެ. އަދި ހަމައެއާއެކު އަކްޝޭ ކުމާރަށް ބޮޑުބޭބެ ކިޔާ، ސިމަރު ބާޓިއާ ވެސް މި ފިލްމުން ބޮލީވުޑަށް ތައާރަފު ވާނެ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.
މި ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 1 ގައެވެ.

ކިޔުންތެރިންގެ ހިޔާލު