ރޮބަޓް ޕެޓިންސަން އާއި ނިކޮލަސް ހޯލްޓް
ރޮބަޓް ޕެޓިންސަން އާއި ނިކޮލަސް ހޯލްޓް
ހޮލީވުޑްގެ އެންމެ ކާމިޔާބު އަދި ތާރީޚީ އެއް ފިލްމީ ފްރެންޗައިޒް ކަމުގައިވާ "ޖޭމްސް ބޮންޑު" ސީރީޒްގެ ކުރިއަށް އޮތް ފިލްމުގައި އޭޖެންޓް 007 ގެ ރޯލު ކުޅޭނެ އެކްޓަރަކާ މެދު ސިނަމާގެ ދުނިޔޭގައި ބަހުސްތައް އިންތިހާއަށް ގަދަވެފައިވަނިކޮށް، ހޮލީވުޑްގެ އޭ-ލިސްޓް ދެ ތަރިން ކަމުގައިވާ ރޮބަޓް ޕެޓިންސަން އާއި ނިކޮލަސް ހޯލްޓް އެ ރޯލަށް ސްކްރީން ޓެސްޓު ހަދާފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.

ފިލްމީ ދާއިރާގެ ޚަބަރުތައް ބުނާގޮތުގައި، އިނގިރޭސިވިލާތަށް ނިސްބަތްވާ މި ދެ އެކްޓަރުންނަކީވެސް ޖޭމްސް ބޮންޑުގެ ރޯލަށް ބޭނުންވާ ތޫނުފިލިކަމާއި، ހުށިޔާރުކަމުގެ އިތުރުން ޖާޒުބީ މިޒާޖު ފުރިހަމައަށް ލިބިފައިވާ، އެކްޓިންގ ދާއިރާގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ދެ ތަރިންނެވެ.

މަޝްހޫރު އެކްޓަރު ޑެނިއަލް ކްރެއިގް 15 އަހަރު ވަންދެން 007 ގެ ރޯލު އަދާކުރުމަށްފަހު، 2021 ވަނަ އަހަރު ރިލީޒްވި "ނޯ ޓައިމް ޓު ޑައި" ފިލްމާއެކު އޭނާ ވަނީ އެ ރޯލުން ވަކިވެފައެވެ.

އޭގެފަހުން، ދެން ޖޭމްސް ބޮންޑުގެ ރޯލުން ފެންނާނެ ތަރިއަކާމެދު ސަޕޯޓަރުންގެ މެދުގައި ބޮޑު ޝައުޤުވެރިކަމެއް އުފެދިފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު