އިޓަލީ އަދި އިންޑޮނޭޝިއާ އިން ވެސް ހާލުގައި ޖެހިފައިވާ އައްޒާއަށް އައްޒާއަށް ސިފައިން ފޮނުވަން ނިންމައިފިއެވެ.
ރިޕޯޓްތައްް ބުނާ ގޮތުގައި މި ދެ ގައުމުން ސިފައިން ފޮނުވަނީ އިންޓަނޭޝަނަލް ސްޓެބިލައިޒޭޝަން ފޯސްގެ ނަމުގައެވެ. އަދި ހަމާސްއާއި އެއްވެސް ގުޅުމެއް ނުބާވާ ގޮތުގެ މަތިންނެވެ.
އިޓަލީ އަދި އިންޑޮނޭޝިއާ އިން ވެސް އައްޒާއަށް ސިފައިން ފޮނުވަން ނިންމާފައިވާއިރު ތުރުކީ އަދި ޕާކިސްތާނުންވެސް ދަނީ ސިފައިން އައްޒާއަށް ފޮނުވަން ތައްޔާރުވަމުންނެވެ. ޕާކިސްތާނުން އައްޒާއަށް ސިފައިން ފޮނުވަނީ އެމެރިކާގެ އެދުމަށެވެ.ޕާކިސްތާނަކީ ދުނިޔޭގައި ނިއުކްލިއަރ ހަތިޔާރު ގެންގުޅޭ ހަމައެކަނި މުސްލިމް ގިނަ ޤައުމެވެ.
މި ގައުމުތަކުން އައްޒާ އަށް ސިފައިން ފޮނުވާއިރު ޣައްޒާއަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައިގެ ސަބަބުން ބޯކޮށް ވާރޭވެހި، ފެންބޮޑުވެ، ބައެއް އަވަށްތައް ފެނުއަޑިއަށް ގޮސް އާންމުން ދިއިރުޅެމުން ދަނީ ވަރަށް ނިކަމެތި ހާލުގައެވެ.
އަދި ފަލަސްޠީނުގެ ޣައްޒާގައި އިންތިޤާލީ ގޮތުން ވެރިކަން ހިންގާނެ ސުލްޙައިގެ ބޯޑެއް އެކުލަވައިލާނެ ކަމަށާއި، އަންނަ އަހަރުގެ ކުރީކޮޅު އެ ބޯޑުގެ މެންބަރުން އިޢުލާނު ކުރާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު