ބޮލީވުޑްގައި 50 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ ވެޓެރަން ތަރި ގޯވަރްދާން އަސްރާނީ މަރުވެއްޖެއެވެ.
ފިލްމީ ކެރިއަރުަގައި 350 އަށްވުރެ ގިނަ ފިލްމު ކުޅެފައިވާ މި ތަރި މަރުވެފައިވަނީ އުމުރުން 84 އަހަރުގައި، އިންޑިއާގެ މުމްބާއީގައެވެ. އޭނާ މަރުވި ސީދާ ސަބަބެއް ނޭނގުނު ނަަމަވެސް، އޭނާ މަރުވެފައިވަނީ ދިގުމުއްދަތަކަށް ބަލިވެ އުޅުމަށްފަހުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
މަރުވުމުގެ ގަޑިއެއްހާއިރު ކުރިން އޭނާ ވަނީ ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި އޭނާގެ ފޮލޯވަރުންނަށް ދިވާލީގެ ތަހްނިޔާ ހިއްސާކޮށްފަ އެވެ.
އަސްރާނީ އެންމެ ބޮޑަށް މަޝްހޫރު ވެގެން ގޮސްފައިވަނީ "ޝޯލޭ" ގައި ކުޅުނު ޖެއިލާރ ރޯލުންނެވެ. އޭގެ ފަހުން އޭނާ ވަނީ "ބޫލު ބުލައްޔާ"، "ދަމާލް"، "ބަންޓީ އޮރް ބަބްލީ 2" އަދި "ވެލްކަމް" ފަދަ ހިޓު ފިލްމުތަކުގައި މަސައްކަތް ކޮށްފައެވެ. ހިންދީ ފިލްމުތަކުގެ އިތުރުން އޭނާ ވަނީ ގުޖުރާތީ ފިލްމުތަކެއްގައިވެސް މަސައްކަތް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު