މަރްޔަމް ނަހްދާ ވަޙީދު   14 އޮކްޓޯބަރު 2025 - 10:41
ޣައްޒާއަށް އެހީ ފޯރުކޮށްދޭ ޓްރަކުތަކެއް-
ޣައްޒާއަށް އެހީ ފޯރުކޮށްދޭ ޓްރަކުތަކެއް-
އދ ގެ އިމަޖެންސީ ފަންޑުން ޣައްޒާއަށް 20 މިލިއަން ޑޮލަރު ދޫކުރުމަށް ނިންމައިފިއެވެ.

މިއީ ކާބޯތަކެއްޗާއި ފެނާއި ބޯހިޔާވަހިކަމާއި ސިއްހީ ހިދުމަތްތަކާއި މުހިންމު ވަސީލަތްތައް ހިންގުމަށް ކަނޑައަޅާ 20 މިލިއަން ޑޮލަރެވެ.

މީގެ ތެރެއިން 11 މިލިއަން ޑޮލަރު ދޫކުރާނީ ކުރިއަށް އޮތް ފިނި މޫސުމަށް ތައްޔާރު ވުމަށް އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

2 އަހަރަށްވުރެ ގިނަ މުއްދަތަކަށް އިސްރާއީލުން ޣައްޒާގައި ކުރިއަށް ގެންދިޔަ ޖެނޮސައިޑް ނިމުމަކަށް ގެނައުމުގެ ގޮތުން އިސްރާއީލާއި ހަމާސްއާ ދެމެދު ވެފައިވާ ސުލްހައިގެ ޕްލޭނުގައި ވާގޮތުގެ މަތިން ދެ ފަރާތުން ވެސް އަމަލުކުރަން ޖެހޭ ކަންތައްތައް ފުރިހަމަކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

އެގޮތުން ހަމާސް އާއި އިސްރާއީލުންވެސް ވަނީ ހައްޔަރުގައި ތިބި ގައިދީންތައް ދޫކުރަން ފަށާފައެވެ.

އިސްރާއީލާއި ހަމާސް އިން ޕީސް ޕްލޭނަށް އަމަލުކުރަން ފެށުމާއެކު އެ ޕްލޭންގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށުމަށް ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ލީޑަރުންނާއި މެދުއިރުމަތީ ގައުމުތަކުގެ ލީޑަރުން ވަނީ މިހާރު މިސްރުގައި ސަމިޓެއް ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު