މަރްޔަމް ނަހްދާ ވަޙީދު   17 ސެޕްޓެމްބަރު 2025 - 9:1
'ހަގް' ގެ ލީޑު ތަރިން
'ހަގް' ގެ ލީޑު ތަރިން
ބޮލީވުޑްގެ މަޝްހޫރު ތަރި އިމްރާން ހާޝްމީގެ ކުރިއަށް އޮތް ފިލްމު "ހަގް" މިއަހަރު ނޮވެމްބަރު މަހު ސިނަމާތަކަށް ނެރޭނެ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

މި ފިލްމު ޑައިރެކްޓުކޮށްފައިވަނީ 2023 ގައި ނެރުނު ސީރީސް "ދަ ޓްރައިލް" ވެސް ޑައިރެކްޓުކުރި ސުޕަން ވަރްމާ އެވެ. މި ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 7 ގައެވެ.

މިއީ ތިންފަށްވަރިއާ ގުޅޭ ގޮތުން އިންޑިއާގައި މީގެ 40 އަހަރު ކުރިން ކުރިއަށް ގެންދިޔަ މަޝްހޫރު ކޯޓް ކޭހަކަށް ބިނާކޮށް ގެނެސްދޭ ފިލްމެކެވެ.

މި ފިލްމުގައި އިމްރާން އާއެކު ލީޑުން ފެނިގެންދާނީ ޔާމީ ގޯތަމް އެވެ. އެގޮތުން ފިލްމުގައި ޔާމީ ގޯތަމް ކުޅެފައި ވަނީ ތިންފަށް ވަރީގެ މައްސަލައިގައި 1985 ވަނަ އަހަރު އިންޑިއާގެ ސުޕްރީމް ކޯޓަށް މައްސަލަ ވެެއްދި ޝާހް ބާނޯގެ ރޯލެވެ. އަދި އިމްރާން ކުޅެނީ އޭނަގެ ފިރިމީހާ އަހުމަދު ޚާންގެ ރޯލެވެ.

މި ފިލްމުގެ ޝޫޓިން ނިންމައި މިހާރު އޮތީ ޕޯސްޓް-ޕްރޮޑަކްޝަންގެ މަރުހަލާގައެވެ. މީޑިއާތަކުން ބުނީ ފިލްމުގެ ޓީޒަރ އާއި ޕޯސްޓަރު ވަރަށް އަވަހަށް އާންމު ކުރާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު