ަސޮރީގެ 50 ވަނަ ޝޯގެ އުފާ ފާޅުކުރުމުގެ ތެރެއިން
ަސޮރީގެ 50 ވަނަ ޝޯގެ އުފާ ފާޅުކުރުމުގެ ތެރެއިން
7 އޮގަސްޓްވާ ބުރާސްފަތި ދުވަހުން ފެށިގެން ދިވެހި ފިލްމު "ސޮރީ" ޝްވެކް ސިނަމާގައި ދައްކަން ފަށާނެ ކަމަށް ފިލްމުގެ ޓީމުން ބުނެފިއެވެ.

މިހާރު މި ޝޯތަކުގެ ޓިކެޓު ވިއްކަން ފަށާފައިވާއިރު ފުރަތަމަ ދެ ޝޯ ވަނީ ގާތްގަނޑަކަށް ހައުސްފުލް ވެފައެވެ.

މަޝްހޫރު ލިޔުންތެރިޔާ އަދި ޑައިރެކްޓަރު ފާތިމަތު ނަހުލާ (ނަހޫ) ގެ އެންމެ ފަހުގެ ޑައިރެކްޝަން ކަމަށްވާ "ސޮރީ" އަށް ވަނީ ދިވެހިންގެ ބޮޑު ތަރުހީބެއް ލިބިފައެވެ. ލޯބީގެ އަސަރުގަދަ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމު ނެރުނީއްސުރެ އޮލިމްޕަހުގައި ދައްކަމުން އައިސްފައިވަނީ ހައުސްފުލްކޮށެވެ.

މި ފިލްމު ބަލާލަން ދިޔަ އެންމެންވެސް ވަނީ ފިލްމަށް ވަރަށް ތައުރީފު ކޮށްފައެވެ. ނަހޫ މިފަހަރުވެސް ގެނެސްދީފައިވަނީ ހަމަ ވަރަށް އަސަރުގަދަ، ލޮލުން ކަރުނަ އޮއްސާލާފަދަ ފިލްމެއް ކަމަށް މި ފިލްމު ބަލަން ދިޔަ އެންމެންވެސް ގަބޫލުކުރެއެވެ.

އޮލިމްޕަހުގައި ފިލްމުގެ 50 ޝޯ އަޅުވާފައިވާއިރު، މިއީ ވަރަށް ބޮޑު ކާމިޔާބީއެކެވެ.

މާލޭގެ އިތުރުން އަތޮޅުތަކުންވެސް "ސޮރީ" އަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.

އަދި ލަންކާ އާއި ތައިލެންޑުގައިވެސް މި ފިލްމުގެ ޝޯތަކެއް ވަނީ އަޅުވާފައެވެ.



ކިޔުންތެރިންގެ ހިޔާލު