ޕެއްޑީގެ ޕޯސްޓަރު
ޕެއްޑީގެ ޕޯސްޓަރު
އިންޑިއާގެ ސައުތު ދިނަމާގައި އެންމެ ނަން ވިދާ ތަރިންގެ ތެރޭގައި ހިމެނޭ ރާމް ޗަރަންގެ ކުރިއަށް އޮތް ފިލްމަށް އޭނާގެ ހަށިގަނޑު ތައްޔާރު ކުރުމަށްޓަކައި ވަރަށް އިންޓެންސް ވޯކްއައުޓުތަކެއް ފަށާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

"ޕެއްޑީ" ގެ ނަމުން ނަންދެވިފައިވާ މި ފިލްމަކީ މަޝްހޫރު ޑައިރެކްޓަރު ބުޗީ ބާބޫ ސަނާ ޑައިރެކްޓުކުރާ ފިލްމެކެވެ. މި ފިލްމު ޕްރޮޑިއުސް ކުރަނީ ވްރިދީ ސިނަމާސް، މޫވީ މޭކާސް އަދި ސުކުމާރު ރައިޓިންގްސް ގުޅިގެންނެވެ.

މި ފިލްމުގެ ޝޫޓިން މިއަދު ފެށުމަށް ހަމަޖެހިފައިވާއިރު، ރާމް ޗަރަން ވަނީ މީގެ ދުވަސްތަކެއް ކުރިން އޭނާގެ ހަށިގަނޑު އެ ރޯލަށް ތައްޔާރު ކުރުމަށްޓަކައި ފިޒިކަލް ޓްރެއިނިންތައް ފަށާފައެވެ.

މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ރާމް ޗަރަންގެ އިތުރުން ދެން ހިމެނެނީ ޖާންވީ ކަޕޫރު، ޝިވާ ރާޖްކުމާރު، ޖަގަޕަތީ ބާބޫ، އަދި ދިވްޔެންދޫ ޝަރްމާއެވެ.

މި ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާޗު 26 ގައެވެ.



ކިޔުންތެރިންގެ ހިޔާލު