އިންޑިއާގެ ރުޕޭ ކާޑު ރާއްޖޭގައި އިފްތިތާހުކޮށްފި
އިންޑިއާގެ ރުޕޭ ކާޑު ރާއްޖޭގައި އިފްތިތާހުކޮށްފި
އިންޑިއާގެ ރުޕޭ ކާޑު ރާއްޖޭގައި އިފްތިތާހުކޮށް ފުރަތަމަ ޕޭމަންޓް ހަދައިފިއެވެ.

ރުޕޭ ކާޑު ރާއްޖެއަށް ތައާރަފްކޮށްފައިވަނީ މިހާރު ރައީސް ޑރ. މުޙައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ބޭއްވެވި މަޝްވަރާ ބައްދަލުވުންތަކަށް ފަހުގައެވެ.

އިންޑިއާގެ ރުޕޭ ކާޑު ބޭނުން ކޮށްގެން އެންމެ ފުރަތަމަ ޓްރާންސެކްޝަން ހަދާފައިވަނީ އޮތެންޓިކް މޯލްޑިވްސްގެ ފިހާރައެއްގައެެވެ. މިހާރު ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ރުޕޭ ކާޑަކީ ވެސް ބަލައިގަންނަ ކާޑެއްގެ ގޮތުގައި ހަމަޖައްސާފައެވެ.

މި ހިދުމަތާއެކު ރާއްޖެއަށް އަންނަ އިންޑިއާގެ ފަތުރުވެރިންނަށް ފަސޭހަކަމާއެކު އެ ގައުމުގެ ކާޑުން ހިދުމަތް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ހަމައެއާއެކު މިއަދު ރާއްޖެއާއި އިންޑިއާގެ އެންމެ އިސް ވެރިން ބޭއްވެވި ރަސްމީ މަޝްވަރާތަކަށް ފަހު އިންޑިއާގެ ބޮޑުވަޒީރު މޯދީވަނީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި އިންޑިއާގެ އިންސްޓެންޓު ސިސްޓަމް، ޔުނިފައިޑް ޕޭމަންޓު އިންޓަފޭސް (ޔޫޕީއައި)ގެ ޚިދުމަތް ވެސް ފަށާނެ ކަމަށް ވިދާޅުވެފައެވެ.

ޔޫޕީއައި ތަޢާރަފް ކުރުމުގެ އެމްއޯޔޫގައި ސޮއިކޮށްފައިވަނީ އިންޑިއާގެ އެކްްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައެވެ.

އިންޑިއާގައި ޔޫޕީއައި ޕޭމަންޓު ތައާރަފްކޮށްފައި ވަނީ 2016 ވަނަ އަހަރުއެވެ. މި ޚިދުމަތް އިންޑިއާއިން މިއަހަރު ވަނީ ސްރީލަންކާއަށް ވެސް ތައާރަފްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން