ދިވެހިރާއްޖޭގެ 38 ވަނަ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި ކުރިއަށްގެންދިޔަ ސިފައިންގެ އަސްކަރީ ހުށަހެޅުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައްލަވާ ލައްވައިފިއެވެ.
މި ޙަރަކާތް ބައްލަވާ ލެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޖުމްހޫރީ މައިދާނަށް ވަޑައިގަތުމުން، އެ ދެކަނބަލުންނަށް މަރުޙަބާ ދަންނަވައި އިސްތިޤްބާލުކުރެއްވީ، ދިފާޢީ އަދި ވަޠަނީ ޚިދުމަތާބެހޭ ވަޒީރު ޣައްސާން މަޢުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ. މިއަދުގެ މި ޚާއްޞަ ޙަރަކާތްތައް ރަސްމީގޮތުން ފެށިގެންދިޔައީ ރައީސުލްޖުމްހޫރިއްޔާއަށް އެރުވުނު ރިޔާސީ ކުރުނީހުންނެވެ.
"ސިފައިންގެ ހެވިކަން" މި ނަމުގައި ކުރިއަށްގެންދިޔަ މި ޙަރަކާތުގައި ވާހަކަ ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން، ރާއްޖޭގެ މިނިވަންކަން ދިފާޢު ކުރުމަށާއި، ޤައުމުގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ދިވެހި އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރުމަށް ވަރަށް މުހިންމު އަދި ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.
އެގޮތުން ރާއްޖޭގެ ދިފާޢީ ސިޔާސަތު ބައްޓަންކުރައްވާފައިވަނީ ޤައުމުގެ ސަރަހައްދު ފުރިހަމައަށް ބެލެހެއްޓޭނެ ވަސީލަތްތަކާއި އިންސާނީ ޤާބިލުކަން އިތުރުކުރުމަށް ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާއަށް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި، ދިވެހި އަސްކަރިއްޔާއިން ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ތައްޔާރުކޮށްފައިވާ ހިތްގައިމު އަސްކަރީ ހުށަހެޅުމެއް ދައްކާލާފައިވެއެވެ. އަދި މި ޢަސްކަރީ ހުށަހެޅުމަށްފަހު، ސިފައިންގެ މިލިޓަރީ ބޭންޑުން ތައްޔާރުކޮށްފައިވާ ޚާއްޞަ ހުށަހެޅުމެއްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ. ރަސްމިއްޔާތު ނިންމާލުމުގެ ގޮތުން، މިއަދުގެ ޢަސްކަރީ ޙަރަކާތުގެ ބައިވެރިންނާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ ހަނދާނީ ފޮޓޯއެއް ނަންގަވާފައެވެ.
މި ޙަފުލާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ އާއި، އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނާއި، ދައުލަތުގެ ވަޒީރުންގެ އިތުރުން ސަރުކާރުގެ އިސްވެރިންނާއި ޢިއްޒަތްތެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު