އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް ފިނި މޫސުން ފެށުމާއެކު، އަހަރަކު އެއްފަހަރު ކުރިމަތިވާ ވައި ތަޣައްޔަރުވުމުގެ މައްސަލަ ބޮޑުވެ، ރައްޔިތުންގެ ސިއްހަތަށް ނުރައްކާވާ ހިސާބަށް ހާލަތު ވަނީ ގޯސްވެފައެވެ. ކުރިއަށް އޮތް ދިވާލީ ފެސްޓިވަލާ ދިމާކޮށް ދިއްލީގެ ވައިގެ ނުސާފުމިން ނުވަތަ އެއާ ކޮލިޓީ އިންޑެކްސް (އޭކިއުއައި) 300 އިން މައްޗަށް އަރައި، ބުދަ ދުވަހުގެ ހެނދުނު ވަނީ 377 އަށް ރެކޯޑުކުރެވިފައެވެ. މިއީ ސިއްހީ ގޮތުން "ވަރަށް ދަށް" އަދި ނުރައްކާތެރި މިންވަރެކެވެ.
މި ނުރައްކާތެރި ހާލަތާ ގުޅިގެން ކަމާބެހޭ އިދާރާތަކުން ވަނީ "ގްރޭޑެޑް ރެސްޕޮންސް އެކްޝަން ޕްލޭން" (ގްރެޕް) ގެ ދެވަނަ މަރުހަލާގެ ކުއްލި ފިޔަވަޅުތައް ތަންފީޒުކުރަން ފަށާފައެވެ. އޭގެ ތެރޭގައި މަގުތައް ފެންޖަހައިގެން ސާފުކުރުމާއި، އަމިއްލަ ވެހިކަލްތައް މަގުތަކަށް ނުކުތުން މަދުކުރުމަށްޓަކައި ޕާކިން ފީ ބޮޑުކުރުމުގެ އިތުރުން، ދިއްލީ މެޓްރޯގެ ދަތުރުތައް އިތުރުކުރުމާއި ސަރުކާރު އޮފީސްތަކުގެ ގަޑިތަކަށް ބަދަލު ގެނައުން ހިމެނެއެވެ. ވައި ނުސާފުވުމަށް މެދުވެރިވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ވެހިކަލްތަކާއި ކާރުޚާނާތަކުގެ ދުމުގެ އިތުރުން، ފިނިހޫނުމިން ދަށްވުމާއި އަވަށްޓެހި ސްޓޭޓްތަކުގެ ދަނޑުވެރިން ގަސްގަހާގެހީގެ ބާކީބައިތަކުގައި ހުޅުޖެހުން ހިމެނެއެވެ.
ކަންމިހެން އޮތްއިރު، އިންޑިއާގެ އެންމެ ބޮޑު އެއް އީދު ކަމަށްވާ ދިވާލީ ފާހަގަކުރުމަށް ގިނަ އަދަދަކަށް ބަޑިބޭހާއި ހަވާއެރުވުމުގެ ސަބަބުން، ޖައްވުގެ ތެރެއަށް ބޭރުވާ ވިހަ ގޭހާއި ކުދި މާއްދާތަކުން މި ހާލަތު އިންތިހާއަށް އިތުރަށް ގޯސްވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ. މިދިޔަ އަހަރު ވެސް ކޯޓުގެ އަމުރުތަކާ ޚިލާފަށް ހަވާއެރުވުމުގެ ސަބަބުން، ފެސްޓިވަލަށްފަހު މުޅި ދިއްލީ އޮތީ ވިހަ ދުމުގެ ބޯ ފަށަލައެއްގެ ދަށުގައެވެ.
މިކަން ހައްލުކުރުމަށްޓަކައި އިންޑިއާގެ ސުޕްރީމް ކޯޓުން މިހާރު ވަނީ ވަކި ހަރުކަށި އުސޫލުތަކެއް ކަނޑައަޅާފައެވެ. އެގޮތުން ވައި ތަޣައްޔަރުވާ މިންވަރު ކުޑަ، ޚާއްޞަ "ގްރީން ފަޔަރކްރެކާސް" ނުވަތަ ތިމާވެއްޓާ ރައްޓެހި ބަޑިބޭސް އެކަނި ބޭނުންކުރުމުގެ ހުއްދަ ވަނީ ދީފައެވެ. އަދި ހަވާއެރުވޭނީ ނޮވެމްބަރު 7 އަދި 8 ވަނަ ދުވަހު ހެނދުނު 06:00 އިން 07:00 އަށް، އަދި ރޭގަނޑު 20:00 އިން 22:00 އަށް އެކަންޏެވެ. މީގެއިތުރުން ހޮސްޕިޓަލްތަކާއި ސްކޫލްތައް ފަދަ ތަންތަނުގެ 300 މީޓަރުގެ ސަރަހައްދެއްގައި ބަޑިބޭސް އެރުވުން މުޅިން ވަނީ މަނާކޮށްފައެވެ.
ޤާނޫނާ ޚިލާފު ބަޑިބޭސް ވިއްކުން ހުއްޓުވުމަށް ފުލުހުން ޚާއްޞަ ޕެޓްރޯލްތަކެއް ފަށާފައިވާއިރު، ހާލަތު އިތުރަށް ގޯސްވެއްޖެނަމަ ސްކޫލްތަކުގެ ކިޔެވުން އޮންލައިންކޮށް، މީހުން ގޭގައި ތިބެގެން މަސައްކަތްކުރަން އެންގުން ފަދަ ފިޔަވަޅުތައް އެޅުމަށް ވެސް ކަމާބެހޭ އިދާރާތަކުން ދަނީ ތައްޔާރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު