ދިވެހިރާއްޖެއާ ފޯޅަވައްސާ (ޗާގޯސް) ދެމެދު ކަނޑުގައިވާ ކަނޑުގެ ސަރަޙައްދު އަދި ކޮންޓިނެންޓަލް ޝެލްފްގެ އިންތައް ކަނޑައެޅުމަށް މޮރިޝަސްއިން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހެޅި މައްސަލައިގައި ދިވެހިރާއްޖެއިން ޢަމަލުކުރި ގޮތް ތަޙުޤީޤުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ޚާއްޞަ ކޮމިޝަނެއް އުފައްދަވައިފިއެވެ.
ރައީސް އޮފީހުން ބުނީ، މި ކޮމިޝަން އުފައްދަވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚުތިޔާރުގެ ދަށުން، "އިޓްލޮސްގެ ކޭސް ނަންބަރު 28 ގައި ދިވެހިރާއްޖެއިން ޢަމަލުކުރި ގޮތް ތަޙުޤީޤު ކުރުމަށް އުފައްދާ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ކޮމިޝަން" ގެ ނަމުގައި ކަމަށެވެ. މިފަދަ ކޮމިޝަނެއް އުފައްދަވާނެކަން ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަހަރުގެ ރިޔާސީ ބަޔާނުގައިވެސް އިޢުލާނު ކުރަށްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފައިވަނީ، މި ކޮމިޝަން އުފެއްދެވީ އިޓްލޮސްގައި ހިނގައިދިޔަ މައްސަލަ ދިރާސާކޮށް ރާއްޖެއިން ކުރިޔަށްދާނޭ ގޮތެއް ހޯދުމަށް ޢައްޔަނުކުރެވުނު ބައިނަލްއަޤްވާމީ ޚަބީރުންގެ ރިޕޯޓުތަކާ ގުޅިގެން ކަމަށެވެ. އެ ރިޕޯޓުތަކުގައި، ރާއްޖޭގެ ސަރަހައްދުން ބޮޑު ބައެއް ގެއްލިގެން ދިޔައީ ދިވެހިރާއްޖެއިން ކަންކުރިގޮތުން ކަމުގައި ލަފާދެއްވާފައިވާތީއާއި، މިއީ ރާއްޖޭގެ މަސްވެރިކަމަށާއި ކަނޑުގެ އަދި ކަނޑުއަޑީގެ ބިމުގެ މުއްސަނދިކަމަށް ލިބުނު ފޫނުބެއްދޭނެވަރުގެ ބޮޑު ގެއްލުމަކަށްވާތީ، މި މައްސަލަ ބައްލަވައި ފިޔަވަޅު އެޅުއްވުމުގެ ގޮތުން ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
މި ކޮމިޝަނުގެ ރައީސްކަމަށް ޢައްޔަނުކުރައްވާފައިވަނީ އަލްއުސްތާޛު އަޙްމަދު ޝާކިރު (ނ.ދ.ޝ.ޢ) އެވެ. ކޮމިޝަނުގައި ދެން ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ އަލްފާޟިލް ޢަބްދުލްޢަޒީޒް ޔޫސުފް، ޑރ. އާމިނަތު ޝާފިޔާ އާދަމް، ޑރ. ޢަބްދުލްމުޙްސިން މުޙައްމަދު، ޑެޕިޔުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރޓޑ) މުޙައްމަދު ޞާދިޤް، އަލްފާޟިލް އަޙްމަދު ޢަލީމަނިކު އަދި އަލްއުސްތާޛާ ފާޠިމަތު މިންހަތު ޢިއްޒަތެވެ.
މި ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ، އިޓްލޮސްގެ ކޭސް ނަންބަރު 28 ގެ މައްސަލަ ހުށަހެޅުމާ ހަމަޔަށް އަދި މައްސަލަ ކުރިޔަށްދިޔަ ގޮތުގައްޔާއި، މައްސަލައަށް ދިވެހިރާއްޖެއިން ޖަވާބުދާރީވުމުގައި ދައުލަތުގެ މުވައްޒަފުންނާއި، ލަފާދިން ފަރާތްތަކާއި، ސީދާ އަދި ނުސީދާގޮތުން ޝާމިލުވި މަސްއޫލުވެރީން ޢަމަލުކޮށްފައިވާ ގޮތް ބަލައި ތަޙުޤީޤުކުރުމެވެ. މީގެއިތުރުން، އެ ފަރާތްތަކުގެ ޤާނޫނީ އިހުމާލެއް އޮތްތޯ ބަލައި، އިހުމާލެއްވާނަމަ އެ އިހުމާލުގެ އިންތައް ކަނޑައެޅުމާއި، ޒިންމާކުރުވަންޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ލަފާދިނުން ހިމެނެއެވެ.
ހަމައެއާއެކު، މައްސަލައާ ގުޅުންހުރި ލިޔެކިޔުންތައް ބަލަހައްޓައި ރައްކައުކުރެވިފައިވާ ގޮތް ބެލުމާއި، މިފަދަ ކަމެއް ކުރިއަށް އޮތްތަނުގައި ތަކުރާރުނުވާނޭ ގޮތަށް ކަންކަން އިންތިޒާމުކުރުމަށް ފެންނަ ގޮތްތައް ހުށަހެޅުންވެސް ކޮމިޝަނުގެ ޒިންމާތަކުގެ ތެރޭގައި ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2026/17 ގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ކޮމިޝަނަކީ އެ ކޮމިޝަނާ މަތިކޮށްފައިވާ އެންމެހައި މަސައްކަތްތައް ފުރިހަމަވެއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވަންދެން ދެމިއޮންނާނެ ކޮމިޝަނެކެވެ.

ކިޔުންތެރިންގެ ހިޔާލު