ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު
އަލަށް އެކުލަވާލާ ސަބްސިޑީގެ އުސޫލު މަހެއްހާ ދުވަހުގެ ތެރޭގައި އިޢުލާނު ކުރުމަށް މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކަރަންޓާއި ކާޑަށް ސަރުކާރުން ދެމުންދާ ސަބްސިޑީގެ އާއުސޫލު ހާމަކުރަށްވާނެ ދުވަހަކާއި ބެހޭގޮތުން “ރަސް” އޮންލައިންގެ ފަރާތުން ކޮށްފައިވާ ސުވާލަށް ޖަވާބު ދެއްވަމުން ހީނާ ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ސަބްސިޑީ ކަނޑާލުން ނޫން ކަމަށެވެ.

ނަމަވެސް ރާއްޖޭގައި މިހާރު ސަބްސިޑީ ދެމުންދެންދާ ގޮތުގެ ސަބަބުން ވަރަށް މަތީ ފަންތީގެ ފަރާތްތަކަށްވެސް ސަބްސިޑީ ލިބެމުންދާކަން ހީނާ ވަނީ ފާހަގަ ކުރަށްވާފައެވެ. އެހެންކަމުން އެންމެ ޙައްޤުވެރިންނަށް ސަބްސިޑީ ފޯރުކޮށްދިނުމަށް މަސައްކަތް ކުުރަށްވަމުން ގެންދަވާކަމަށް ހީނާ ވިދާޅުވިއެވެ.

“އެކަމާގުޅޭ އިދާރީ މަސައްކަތްތައް ދިރާސީ މަސައްކަތްތައް މިހާރު ކުރެވެމުން މިދަނީ. އެކަން ފައިނަލްވިހާ އަވަހަކަށް އަޅުގަނޑުމެން ހުރިހާ ފަރާތްތަކަށްވެސް އެކަމުގެ މަޢުލޫމާތުތައް ހާމަކުރާނަން. ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް އެ މަޢުލޫމާތުތައް ހާމަކުރެވޭވަރު ވާނެ.” ހީނާ ވިދާޅުވިއެވެ.

ހީނާ މިހެން ވިދާޅުވެފައިވާއިރު އާސަންދަ އާއި މިހާރު ދެމުންގެންދާ އެކި ސަބްސިޑީތައް އޭގެ ހައްގުވެރިންނަށް އިސްކަންލިބޭ ގޮތަށް ބަދަލުކުރަށްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން