ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެވާން އުޅުނު ބަޔަކު ވެލާނާ އިންޓަރނޭޝަލް އެއަރޕޯޓުން ހުއްޓުވައިފިއެވެ.

އިމިގްރޭޝަނުން ބުނީ ނަކަލުކޮށްފައިވާ ސްޓޭމްޕްތަކެއް ޖަހާފައިވާ ޕާސްޕޯޓު ބޭނުންކޮށް، އޮޅުވާލައިގެން ވެލާނާ އިންޓަރނޭޝަލް އެއަރޕޯޓުން ރާއްޖެއަށް އެތެރެވާން މަސައްކަތް ކޮށްފައިވާ ބަޔަކު ހުއްޓުވާފައިވާ ކަމަށެވެ.

މިމަހުގެ 03 ވީ ބުދަ ދުވަހު ރާއްޖެ އެތެރެވުމަށް މަސައްކަތްކުރީ 04 ބިދޭސީން ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. ރާއްޖެއަށް އެތެރެވާން މަސައްކަތް ކޮށްފައި ވަނީ 22އ ، 25އ، 31އ އަދި 28އ ގެ ހަތަރު ފިރިހެނުންނެވެ.

އިމިގްރޭޝަނުން ހަތަރު މީހުން ހުއްޓުވި ނަމަވެސް އެމީހުންނަކީ ކޮން ގައުމެއްގެ ބައެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ގަވާއިދާ ހިލާފަށް ބިދޭސީން ރާއްޖެއަށް އެތެރެވާން މަސައްކަތް ކޮށްފައިވާ މި ދަނޑިވަޅަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމަށް ސަރުކާރުން ހާއްސަ އޮޕަރޭޝަންތައް ހިންގަމުންދާ ދަނޑިވަޅެއްކަން ފާހަގަ ކުރެވެއެވެ. އެގޮތުން ދިވެހި ފުލުުހުންގެ ހިދުމަތާއި އިމިގްރޭޝަނުން ގުޅިގެން ހިންގި އޮޕަރޭޝަން ތަކުގައި ގިނަ އަދަދެއްގެ ބިދޭސީން ހައްޔަރުކޮށް ވަނީ ޑީޕޯޓު ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން