ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ސަރުކާރު ނިސްބަތްވާ ކެންޑިޑޭޓުންނަށް ރައްޔިތުން ވޯޓު ދީފިނަމަ، މުޅި ގައުމު އަޅުވެތިވެގެންދާނެ ކަމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެެ.
އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޣަފޫރު ވިދާޅުވީ، މި ސަރުކާރަކީ ރައްޔިތުންނަށް ކަމެއް ކޮށްދިނުމުގެ ނިޔަތުގައި އައިސް އުޅޭ ބައެއް ނޫން ކަމަށެވެ. އަދި ރައްޔިތުންގެ ފައިސާ ވަގަށް ނެގުމާއި، ރައްޔިތުންނަށް އޮޅުވާލައި މަކަރާއި ހީލަތް ހެދުން ނޫން ކަމެއް މި ސަރުކާރުގެ އިސްވެރިން ނުކުރައްވާނެ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
މީގެ އިތުރުން މިހާރު ރާއްޖޭގެ އިގްތިސާދީ ހާލަތަށް އަލިއަޅުވަމުން އޭނާ ވިދާޅުވީ، ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މިއަދު އޮތީ "ގޮޑުގަ" ކަމަށާއި، މި ހާލަތުގައި ގައުމަށް އެއްވެސް ކުރިއެރުމެއް ނުވަތަ ތަރައްގީއެއް ހޯދައިނުދެވޭނެ ކަމަށެވެ. އަދި އެމްޑީޕީގެ ވެރިކަމުގައި ކޮވިޑް-19 ގެ ދަތި ތިން އަހަރު ހޭދަކުރިއިރުވެސް، ރައްޔިތުންނަށް މިހާ ބޮޑު ތަކުލީފެއް ޖައްސާފައި ނުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"ފައިސާ ޗާޕުކޮށްގެން އަނެއްކާވެސް ރައްޔިތުން މުނާފިޤުކޮށްގެން ވަކިކަމަކަށް ތި ތައްޔާރު ވަނީ. ތިކަމަކަށް ރައްޔިތުން ފުރުސަތު ދީގެން ނުވާނެ. މި އިންތިހާބު ބޮޑުކޮށް މި ސަރުކާރު ބަލިކުރަން އެބަޖެހޭ،" ޣަފޫރު ވިދާޅުވިއެވެ.
ސަރުކާރު ހިންގާ ޕީޕީއެމް އަދި ޕީއެންސީއަށް ފާޑުވިދާޅުވަމުން ޣަފޫރު ވިދާޅުވީ، އެ ދެ ޕާޓީގައިވެސް އޮތީ އެއް ފަލްސަފާއެއް ކަމަށާއި، އެއީ "ހުދުމުހުތާރު ވެރިކަން" ކަމަށެވެ. އަދި މި ސަރުކާރަކީ ޑިމޮކްރަސީ ގަބޫލުކުރާ ސަރުކާރެއް ނޫން ކަމަށާއި، މި ބޭފުޅުންނަށް ވޯޓު ދީފިނަމަ އަނެއްކާވެސް މުޅި ހަޔާތުގައި ހިތާމަކުރަން ޖެހިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޒުވާނުންނަށް މުހާތަބު ކުރައްވައި ޣަފޫރު ވިދާޅުވީ، މިއީ ގައުމު ސަލާމަތްކުރަން ލިބޭ އެންމެ ފަހު ފުރުސަތު ކަމަށެވެ. އަދި އެމްޑީޕީއަކީ ޒުވާނުންގެ ޕާޓީއެއް ކަމަށާއި، ރައްޔިތުންގެ ހައްގުތައް ދިފާއުކުރުމުގައި އެ ޕާޓީ ފަހަތަކަށް ނުޖެހޭނެ ކަމުގެ ޔަގީންކަން ޣަފޫރު ދެއްވިއެވެ.
"އަޅުގަނޑުމެންގެ ބޮލުގައި ވައްކަމުގެ އިލްޒާމެއް ނޭޅުވޭނެ. އަޅުގަނޑުމެންނެއް ރައްޔިތުންގެ ފައިސާއަކު ނުޖެހޭނަން. އިހުލާސްތެރިކަމާއި ތެދުވެރިކަމާއެކު މި ގައުމުގެ ރައްޔިތުންނަށް އެމްޑީޕީން ވެރިކަން ކޮށްދޭނީ،" ޣަފޫރު ވިދާޅުވިއެވެ.
ޣަފޫރުގެ ވާހަކަ ނިންމާލަމުން، ކުރިއަށް އޮތް އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް ރައްޔިތުންގެ ކިބައިން އާދޭހާއެކު އެދިވަޑައިގަތެވެ. އަދި އެމްޑީޕީއަކީ ގައުމުގައި ވެރިކަން ކުރާނެ ލީޑަރުން އުފައްދާ ޕާޓީއެއްކަންވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު