ދުނިޔޭގެ މަސްރަޙަށް ބޮޑު ސިހުމެއް ގެނުވި ޖެފްރީ އެޕްސްޓީންގެ މައްސަލައިގައި ހިމެނޭ ތަޙުޤީޤީ ފައިލްތަކުން، ހުޅަނގުގެ ނުފޫޒުގަދަ ޝަޚުޞިއްޔަތުތަކަކާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު ބޮޑެތި ތުހުމަތުތަކެއް ފެންމަތިވެއްޖެއެވެ.

"ތަހުޒީބީ" އުޞޫލުތަކުގެ ނަމޫނާގެ ގޮތުގައި ދުނިޔެ ބަލައިގަނެފައިވާ ފަރާތްތަކަކަށް އަމާޒުވެފައިވާ މި ތުހުމަތުތަކުގެ ތެރޭގައި، އިނގިރޭސި ޝާހީ އާއިލާގެ ޕްރިންސް އެންޑްރޫ ކުޑަކުދިންނާއެކު ޖިންސީ ގުޅުން ހިންގި ކަމަށް ބުނާ މައްސަލަތަކާއި، އެމެރިކާގެ ކުރީގެ ރައީސް ޖޯޖް އެޗް.ޑަބްލިއު. ބުޝް ކުޑަކުއްޖަކު ރޭޕްކުރި ކަމަށް ކުރެވޭ ބޮޑެތި ތުހުމަތުތައް ހިމެނެއެވެ.

މިއީ ހަމައެކަނި އިންޓަނެޓުގައި ދެކެވޭ ޔޯލަ ވާހަކަތަކެއް ނޫން ކަމަށާއި، މިއީ އެމެރިކާގެ ރަސްމީ އިދާރާތަކުގެ ތަޙުޤީޤީ ލިޔެކިޔުންތަކުން ފެންނަން ހުރި ހަގީގަތްތަކެއްކަން މި ރިޕޯޓުތަކުން ހާމަވެއެވެ.

މި ފައިލްތަކުން ހާމަވެފައިވާ އެންމެ ބިރުވެރި އެއް ކަމަކީ، ނުފޫޒުގަދަ ފަރާތްތަކުން ހިންގާފައިވާ ކަމަށް ބުނާ "ޝައިޠާނީ" ނުވަތަ "ތަލްމޫދީ" ޢަމަލުތަކެވެ.

އެގޮތުން ކަނޑުމަތީގެ ޔޮޓްފަހަރުގައި އިންސާނުން ކަތިލައި "ޤުރުބާންކުރުމާއި"، ހަށިގަނޑުގެ ގުނަވަންތައް ވަކިކޮށް، ލޭބުއިމާއި މިނިމަސް ކެއުން ފަދަ އިންސާނިއްޔަތުކަމުގެ އެއްވެސް ޒަރެއްގެ މިންވަރެއް ނެތް ޢަމަލުތައް ހިންގާފައިވާ ކަމުގެ ބިރުވެރި ތުހުމަތުތައް ވަނީ ފެންމަތިވެފައެވެ.

މި މައްސަލައަކީ ސިޔާސީ ނުފޫޒާއި ފައިސާގެ ބާރު ބޭނުންކޮށްގެން ފުޅާ ދާއިރާއެއްގައި ހިންގަމުން އައި ކުޑަކުދިންގެ ޖިންސީ ވަގުފާރިއާއި ހަށިވިއްކުމުގެ ނެޓްވޯކެއްގެ ބޮޑު ސިއްރުތަކެއްގެ ގޮތުގައި ވަނީ ސިފަކުރެވިފައެވެ.

މި ހާދިސާތަކާއެކު، ދުނިޔޭގެ އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ފަރާތްތަކާއި ބޮޑެތި މީޑިއާތަކުގެ "ދެފުށްދެގޮތް" ކަން ވަނީ ވަރަށް ބޮޑަށް ހާމަވެފައެވެ.

އިސްލާމްދީނާ ގުޅުންހުރި ކަމެއްގައި މިފަދަ ކުޑަ މިންވަރެއްގެ ތުހުމަތެއް ކުރެވުނަސް މުޅި ދުނިޔެ ގުގުމާލާ ފަދަ ކެމްޕޭންތައް ހިންގާއިރު، ހުޅަނގުގެ އިސްވެރިންނާ ގުޅޭ މިފަދަ ބޮޑެތި ޖަރީމާތަކުގައި މީޑިއާތަކުން ހަނު ތިބުމަކީ ސުވާލު އުފެދޭ ކަމެކެވެ.

"ސެކިއުލަރިސްޓުންނާއި" އިންސާނިއްޔަތަށްޓަކައި ކަންބޮޑުވާ ކަމަށް ދަޢުވާކުރާ ފަރާތްތަކުގެ މި ހިމޭންކަމުން އެނގެނީ، އެމީހުންގެ އަޚުލާޤީ މިންގަނޑުތަކަކީ އެއްވެސް ބިންގަލެއް ނެތް، ހަމައެކަނި އަމިއްލަ މަސްލަހަތަށް ބިނާވެފައިވާ މޫސުމީ ކަމެއް ކަމެވެ.



ކިޔުންތެރިންގެ ހިޔާލު