އިންޑިއާގެ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބެމުންދާ ފިލްމު "ބޯޑާ 2" މުހިންމު ރޯލަކުން ފެނިގެންދިޔަ ޒުވާން އެކްޓަރު އަހާން ޝެޓީ، އަސަރުގަދަ ލޯބީގެ ފިލްމަކަށް ސޮއިކޮށްފިއެވެ.
ނިއުސް18 އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އަހާން ދެން އެންމެ އަވަހަށް ފެނިގެންދާނީ މަޝްހޫރު ޑައިރެކްޓަރު ޝާދު އަލީ ޑައިރެކްޓްކުރާ ލޯބީގެ ފިލްމަކުންނެވެ. މި ފިލްމަކީ ވަރަށް އަސަރުގަދަ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.
މި ފިލްމުގެ މަސައްކަތްތައް ފެށުމަށް އަހާން ތައްޔާރުވަމުންދާއިރު، އަންނަ މާރޗް ނޫނީ އޭޕްރީލް މަހުގެ ތެރޭގައި ފިލްމުގެ ޝޫޓިން ފެށުމަށް މިހާރު ވަނީ ޕްލޭންކޮށްފައެވެ.
ރިޕޯޓުތައް ބުނާގޮތުގައި، ފިލްމަށް ބޭނުންވާ އިތުރު ކާސްޓުން ހަމަޖެއްސުމާއި، ފިލްމުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ކުރަންޖެހޭ އެހެނިހެން ތައްޔާރީތައް މިހާރު ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށް އެބަދެއެވެ.
ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސުނިލް ޝެޓީގެ ދަރިފުޅު އަހާން ބޮލީވުޑަށް ތައާރަފުވީ 2021 ވަނަ އަހަރު ނުކުތް ރޮމޭންޓިކް އެކްޝަން ފިލްމު 'ތަޅަޕް' އިންނެވެ.

ކިޔުންތެރިންގެ ހިޔާލު