އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ)
އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ)
މި ސަރުކާރުން ފައިސާ ޗާޕުކޮށްގެން ވެސް ތައްޔާރުވަމުން އަންނަނީ ވައްކަން ކުރުމަށް ކަމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ތުހުމަތު ކުރައްވައިފިއެވެ.

އެމްޑީޕީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، ވެރިކަން ކުރާ ޕީއެންސީން އުޅެނީ ރައްޔިތުންނަށް އޮޅުވާލައިގެން ވައްކަން ކުރަން ކަމަށާއި، އެ ފުރުސަތު ރައްޔިތުން ދީގެން ނުވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް އިންތިޚާބުތަކުގައި ސަރުކާރު ބޮޑުތަނުން ބަލިކުރަން ޖެހޭ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

އިގްތިސާދީ ހާލަތާ ބެހޭގޮތުން ވާހަކަދައްކަވަމުން ގަފޫރު ވިދާޅުވީ، ކޮވިޑް-19 ގެ އުނދަގޫ ހާލަތުގައި ވެސް ރާއްޖޭގެ އިގްތިސާދު މިހާ ދަށް ފަންތިއަކަށް ނުދާ ކަމަށާއި، މިއަދު ރާއްޖޭގެ ކްރެޑިޓް ރޭޓިން އޮތީ ވަރަށް ދަށް ހާލަތެއްގައި ކަމަށެވެ.

މި ސަރުކާރަށް ގައުމަށް އެއްވެސް ތަރައްގީއެއް ގެނެސްދެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވެ، ސަރުކާރުގެ ސިޔާސަތުތަކަށް އޭނާ ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މީގެ އިތުރުން، ޕެންޝަން ފަންޑާ ގުޅިގެން ހިނގަމުންދާ ކަންކަމަށް އިޝާރާތް ކުރައްވައި ގަފޫރު ވިދާޅުވީ، ޕެންޝަން އޮފީހުގެ ބޯޑު މެންބަރުންނާއި އިސްވެރިން އިސްތިއުފާ ދެއްވަމުން ދަނީ ސަރުކާރުގެ ނުފޫޒުން ހިންގާ އިގްތިސާދަށް ގެއްލުން ހުރި މުއާމަލާތްތަކާ ހެދި ކަމަށެވެ.

ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގަތީ ފައިސާ ޗާޕު ނުކުރާނެ ކަމުގެ ވައުދާއެކު ކަމަށް ވީ ނަމަވެސް، އަމަލުން ފެންނަނީ އެއާ އިދިކޮޅު މަންޒަރުތަކެއް ކަމަށްވިދާޅުވެ މިސަރުކާރަށް ތުހުމަތުތަކެއް ކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު