ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އީފާސް ބޭނުންކުރަން ޖެހޭ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމާ ދެކޮޅަށް ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ހައިކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފިއެވެ.
މި މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވަނީ އެ ޕާޓީގެ ގާނޫނީ ވަކީލު އާދަމް އާސިފްގެ ނަމުގައެވެ.
އާސިފް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، އަމިއްލަ ގޮތުން އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓުންނަށް ތާއީދު އޮތްކަން ހާމަކުރުމަށް ބޭނުންވާ 50 މީހުންގެ ސޮއި އީފާސް މެދުވެރިކޮށް ހޯދަން އެންގުމަކީ، އިންތިޚާބަށް ކުރިމަތިލުމުގެ ހައްގަށް ހުރަސްއެޅޭ ކަމެއް ކަމަށެވެ.
އަދި މިއީ އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނާއި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނާ ޚިލާފު ކަމެއް ކަމަށް ކަނޑައަޅައިދިނުމަށް އޭނާ އެދިވަޑައިގެންފައިވެއެވެ.
ނަމަވެސް، ހައިކޯޓުގެ ރަޖިސްޓްރާ ނިންމެވީ އެ މައްސަލަ ބަލައިނުގަތުމަށެވެ. އެ ނިންމެވުމުގައި ބުނެފައިވަނީ، އިލެކްޝަންސް ކޮމިޝަނުގެ ނިންމުން ގާނޫނުގެ މާއްދާތަކާ ޚިލާފުވާކަން ގާނޫނީ އުސޫލުތަކުގެ އަލީގައި ސާފުކޮށްދެވިފައި ނުވާތީ، އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
މި މައްސަލައިގައި ޕީއެންއެފްގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އުމަރު ވިދާޅުވި ގޮތުގައި، ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް އީފާސް ބޭނުންކުރަން ނޭނގޭ އިރު، މިފަދަ ނިންމުމެއްގެ ސަބަބުން އަމިއްލަ ގޮތުން ވާދަކުރަން ބޭނުންވާ ފަރާތްތަކުގެ އިންތިޚާބީ ހައްގުތަކަށް އުނިކަން ލިބިގެންދާނެއެވެ. އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު މިހާރު ވަނީ ހަމަވެފައެވެ.

ކިޔުންތެރިންގެ ހިޔާލު