ހއ. ތުރާކުނު އަދި އެ ރަށުގެ އިހުތިސާސްގައި ހިމެނި ވަނގާރު --
ހއ. ތުރާކުނު އަދި އެ ރަށުގެ އިހުތިސާސްގައި ހިމެނި ވަނގާރު --
މީހުން ދިރިއުޅޭ ދެ ރަށެއްގެ އިހުތިސާސްގެ ތެރޭގައި ފަޅުރަށްތަކެއް ހަމަޖައްސައިދީފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނެރުއްވި ގަރާރެއްގެ ދަށުން ހއ. ތުރާކުނުގެ އިހުތިސާސުގެ ތެރޭގައި ހަމަޖައްސަވައިދެއްވީ އެ ރަށާ ކައިރީގައި އޮންނަ ފަޅު ރަށެއް ކަމަށްވާ "ވަނގާރު" އެވެ.

އަދި އއ. އުކުޅަހުގެ އިހުތިސާސުގެ ތެރޭގައި އެރަށް ކައިރީގައި އޮންނަ ފަޅު ރަށެއް ކަމަށްވާ އއ. ވަނގާރުވެސް ރައީސްގެ ގަރާރަކުން ހަމަ މިއަދު ވަނީ ހަމަޖައްސައިފަ އެވެ.

ވަނގާރު، ތުރާކުނުގެ އިހުތިސާސްގެ ތެރޭގައި ހިމަނައިދެއްވާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ވެރިކަމުގެ ފަހު ދުވަސްވަރު އޮތީ ވައުދުވެވަޑައިގެންފަ އެވެ.

ގަލަގިލި، އުކުޅަހުގެ އިހުތިސާސްގެ ތެޜޭގައި ހިމަނާފައިވާއިރު އެކަމަށް އެދި އުކުޅަހުގެ ބިޒްނަސް ކޮމިއުނިޓީން ވަނީ ނިމިގެން ދިޔަ ސަރުކާރުގައި އެދިފަ އެވެ.

އދ. މަހިބަދޫގެ ފަޅުތެރޭ އޮންނަ ފަޅު ރަށެއް ކަމަށްވާ މާފަރުފަޅު، މަހިބަދޫގެ އިހުތިސާސްގެ ތެރޭގައި ސަރުކާރުން އިއްޔެ ވަނީ ހިމަނައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން