ހައިޕޮތައިރޮއިޑިޒަމް އަކީ ތައިރޮއިޑް ގްލޭންޑުން ހަށިގަނޑުގައި ތައިރޮއިޑްގެ ބެލެންސް ހިފެހެއްޓުމަށް ނުވަތަ ހުންނަންޖެހޭ މިންވަރު ހިފަހެއްޓުމަށް ބޭނުންވާ ވަރަށް ހޯމޯން ނުއުފައްދައިދޭ ހާލަތަށް ޑޮކްޓަރީގޮތުން ކިޔާނަމެވެ. މިކަން ހައްލުކުރުމަށް ޑޮކްޓަރު ލިޔެދެއްވާ ބޭސް އެހީތެރިވެދޭއިރު ދިރިއުޅުމުގެ ވައްޓަފާޅިއަކީ ވެސްމިކަމުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ.

ތައިރޮއިޑަކީ ވައިހޮޅި ކައިރީގައި ހުންނަ ކޮކާ ފިޔަ ބައްޓަމަށް ހުންނަ ކުޑަ ގްލޭންޑެކެވެ. މިގްލޭންޑަކީ އަހަރެމެންގެ ހަށިގަނޑުގައި މެޓަބޮލިޒަމް ރެގިއުލޭޓްކޮށް، ހަށިގަނޑުން އުފައްދާ ހަކަތަ ބޭނުންކުރާ ގޮތްވެސް ރެގިއުލޭޓުކުރާ މަރުކަޒެވެ. އެހެންކަމުން ހައިޕޮތައިރޮއިޑިޒަމްގެ ސަބަބުން މެޓަބޮލިޒަމް ނުވަތަ ހަށިގަނޑުން ހަކަތަ އުފައްދާ މިންވަރާއި އަދި ހަޖަމުކުރުމުގެ ނިޒާމާއި ހިތުގެ ދުޅަހެޔޮކަމަށްވެސް އަސަރުކުރެއެވެ.

ހައިޕޯތައިރޮއިޑިޒަމް އަކީ އުމުރުން 30 އަހަރާއި 40 އަހަރުން މަތީގެ މީހުންގެ ކިބައިން ވެސް މިހާރު އާއްމުކޮށް ފެންނަ ސިއްހީ މައްސަލައެކެވެ. މިމައްސަލަ އިތުރަށް ގޯސްވަނީ ކުރެވޭ ފަރުވާއަށްވުރެ އަހަރެމެންގެ ގައގައި ހަރުލާފައިވާ ބައެއް ނޭދެވޭ އާދަކާދައިގެ ސަބަބުންނެވެ.

ތައިރޮއިޑްގެ މައްސަލަތައް އިތުރަށް ގޯސްވެދާނެ ބައެއް އާދަތައް:

1. ސްޓްރެސް ބޮޑުވުން: ހަލަބޮލި މާހަލުގައި ނަފްސާނީ ދުޅަހެޔޮކަން ނުރައްކަލަށް ހުށަހަޅައެވެ. މާ ބޮޑަށް ސްޓްރެސްވުމަކީ ގުލްކޯޒް ގެ މިންވަރު އާދައާއި ހިލާފަށް މަތިވުމަށް މަގުފަހިކުރުވައި ހަޖަމުކުރުމުގެ މައްސަލަތައް ދިމާވެ، އޮޓޮއިމިއުން ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑެވާކަމެކެވެ. މިފަދަޞިއްޙީ މައްސަލަތަކުގެ ސަބަބުން ގްލޭންޑްތައް ބަލިކަށިވެ ތައިރޮއިޑްގެ މައްސަލަތައް ކުރިމަތިދާނެއެވެ.

2. ބަންދުކުރި ކާތަކެތި ކެއުން: މި ޒަމާނުގައި ހަލަބޮލި މާހައުލުތަކުގައި އުޅޭ މީހުން އަވަހަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ކާނާއަށް މާބޮޑަށް ސަމާލުކަން ދެވޭތީ ތައްޔާރީ ކެއުންތައް ކެއުމަށް ޚިޔާރުކުރެވެއެވެ. މިކަމުގެ ސަބަބުން އިންސިއުލިން ސެންސިޓިވިޓީއަށް އިތުރަށް އަސަރުކޮށް ތައިރޮއިޑް ގްލޭންޑްތައް ގޯސްވުމުގެ ފުރުސަތު ބޮޑެވެ.

3. ނިދި ނުލިބުން: ހަމަ ނިދި ނުލިބުމަކީ ތައިރޮއިޑުން ހޯމޯންތައް ބޭރުވުމަށް ވަރަށް ބޮޑަށް އަސަރުކުރާ ކަމެކެވެ. އެމެރިކާގެ ނޭޝަނަލް ލައިބްރަރީ އޮފް މެޑިސިން އިން ބުނާ ގޮތުގައި ސްލީޕް ޑެވިއޭޝަން ނުވަތަ ނިދިނުލިބުމުގެ ސަބަބުން ހައިޕޮތަލަމިކް-ޕިޓޫޓަރީ-ތައިރޮއިޑް އެކްސިސްގެ މަސައްކަތްތަކަށް ބަދަލު އަންނާނެ އެވެ. މިއީ ތައިރޮއިޑް ހޯމޯންތައް ކަމުގައިވާ ޓީއެސްއެޗް، ޓީ4 އަދި ޓީ3 ހޯމޯންތަކަށް ބަދަލު އަންނާނެ ސަބަބެކެވެ.

4. އަޔޯޑިން ޑެފިސިއެންސީ ނުވަތަ އަޔޮޑިން މަދުވުން: އަޔޮޑިން މަދުވުމުގެ ސަބަބުން ހައިޕޮތައިރޮއިޑިޒަމް މައްސަލަ ދިމާވެއެވެ. މި އަޔޮޑިން އުފެއްދުމަށް ތައިރޮއިޑް ގްލޭންޑްތަކުން މަސައްކަތް ކުރިނަމަވެސް ހަޑިގަނޑަށް އެކަށިގެންވާ މިންވަރަށް އަޔޮޑިން ނުލިބޭނަމަ ހަށިގަނޑުގައި ތައިރޮއިޑް ހޯމޯންތައް ބޭނުންވާ މިންވަރަށް ނުއުފެއްދޭނެއެވެ. އަދި ނަތީޖާއެއްގެ ގޮތުން ހައިޕޮތައިރޮއިޑިޒަމްގެ މައްސަލަ ދިމާވެދާނެއެވެ.

ތައިރޮއިޑް މެނޭޖް ކުރުމަށް ބޭހަށް ވެސް މާ ބޮޑަށް ބަރޯސާވެގެން ނުވާނެ އެވެ. ޑޮކްޓަރުގެ ލަފަޔާއެކު ބޭސް ބޭނުންކުރުން މެނޭޖުކޮށް މިދެންނެވި އާދަތަކަށް ސަމާލުކަންދޭށެވެ. ބޭހަކީ ދިގުމުއްދަތަކަށް ބޭނުންކުރުމަށް ރައްކާތެރި އެއްޗެއް ނޫނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން