ގޭތެރޭގައި ހިނގާ ޖިސްމާނީ އަދި އާއިލީ އަނިޔާގެ އަމަލުތަކަށް ހުށަހެޅޭ ކުދިންގެ ސިކުނޑީގެ މަސައްކަތްތައް ހުންނަނީ، ހަނގުރާމައިގެ މައިދާނުގައި ހަރަކާތްތެރިވާ ސިފައިންގެ ސިކުނޑީގެ މަސައްކަތްތަކާ އެއްގޮތަށް ކަމަށް ދިރާސާއަކުން ހާމަވެއްޖެއެވެ.
އެމެރިކާގެ ކެލިފޯނިއާ ޔުނިވަރސިޓީގެ ދިރާސާވެރިން ކުރިއަށްގެންދިޔަ މި ދިރާސާގައި، ސިކުނޑީގެ ޚާއްޞަ ސްކޭނެއް ބޭނުންކޮށްގެން ޖުމްލަ 43 ކުއްޖެއްގެ ސިކުނޑީގެ ހަރަކާތްތައް ވަނީ ދިރާސާކޮށްފައެވެ. އޭގެ ތެރޭގައި ގޭތެރޭގެ އަނިޔާވެރިކަން ތަޖުރިބާކޮށްފައިވާ 20 ކުއްޖަކު ހިމެނެއެވެ.
މި ދިރާސާގެ ތެރެއިން، ރުޅިވެރިކަން ދައްކުވައިދޭ މޫނުތަކުގެ ފޮޓޯ އެ ކުދިންނަށް ދެއްކުމުން، ނުރައްކާތައް ދެނެގަތުމާ ގުޅުންހުރި ސިކުނޑީގެ ދެ ސަރަހައްދެއްގެ ހަރަކާތްތެރިކަން އާދަޔާ ޚިލާފަށް އިތުރުވެގެންދިޔަކަން ފާހަގަކުރެވުނެވެ.
ދިރާސާވެރިން ބަޔާންކުރާ ގޮތުގައި، ލިބޭ އަނިޔާގެ ސަބަބުން ސިކުނޑީގައި އުފެދޭ މި ފަދަ "ހައިޕަރވިޖިލެންސް" ނުވަތަ ނުރައްކަލަށް އިންތިހާއަށް ސަމާލުވެ ރައްކާތެރިވުމުގެ ހާލަތުގެ ސަބަބުން، އެ ކުދިން ބޮޑުވަމުން އަންނައިރު ނަފްސާނީ ނުތަނަވަސްކަމާއި (އެންޒައިޓީ) އަދި ކަންބޮޑުވުމުގެ މައްސަލަތަކާ ކުރިމަތިލާންޖެހުމުގެ ފުރުސަތު ވަރަށް ބޮޑަށް އިތުރުވެއެވެ. ނަމަވެސް، މި ފަދަ ހިތްދަތި ތަޖުރިބާތައް ކުރަންޖެހޭ ކޮންމެ ކުއްޖަކަށް މި ބާވަތުގެ ނަފްސާނީ މައްސަލަތައް ދިމާނުވެދާނެ ކަމަށްވެސް އެ ދިރާސާގައި ފާހަގަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު