225 މިލިއަން ޑޮލަރުގެ އަގަކަށް ކޭޓީ ޕެރީގެ ލަވަތަކުގެ ކޮޕީ ރައިޓްސް ލިޓްމަސް މިއުޒިކަށް ވިއްކާލައިފިއެވެ.

މި ޑީލްގައި ކޭޓީގެ އަލްބަމް "ޓީނޭޖް ޑްރީމް"ގައި ހިމެނޭ އެންމެ ކާމިޔާބު 5 ލަވައިގެ އިތުރަށް 2008-2020 ދޭތެރޭގައި ނެރުނު 4 އަލްބަމެއްގެ ލަވަތައް ހިމެނެއެވެ، އެއީ ވަން އޮފް ދަ ބޯއިސް، ޕްރިޒަމް، ވިޓްނެސް، އަދި ސްމައިލް އެވެ. ޓީނޭޖް ޑްރީމަކީ 2010 ގައި ނެރުނު އަލްބަމެކެވެ.

މިއާއިއެކު، އެ ލަވަތައް ޕަބްލިޝް ކުރުމާއި އޭގެ ރޯޔަލްޓީގެ ހައްޤުތައް އޭނާ ވަނީ ލިޓްމަސް ކެޓޮލޮގް ލޭބަލްއަށް ވިއްކާލާފައެވެ. އެހިސާބުން މި ލަވަތަކުން ކޭޓީއަކަށް އެއްވެސް ފައިދާއެއް ނުލިބޭނެއެވެ. އަދި އެ ލަވަތައް ސްޓްރީމް ކުރީމަ ނުވަތަ އެހެނިހެން ގޮތްގޮތަށް ބޭނުންކޮށްގެންވެސް އޭގެ ފައިދާ ލިބޭނީ ހަމައެކަނި ލިޓްމަސްއަށެވެ.

މި އަލްބަމްތަކުގެ ތެރޭގައި ކޭޓީއަށް މިހާތަނަށް ބިލްބޯޑް ޗާޓުން ބޮޑެތި ކާމިޔާބީތައް ހޯދާދިން ލަވަތައް ހިމެނެއެވެ.

ކޭޓީއެކޭ އެއްގޮތަށް މީގެ ކުރީގައި ޖަސްޓިން ބީބަރވެސް ވަނީ އޭނާގެ މިއުޒިކް، ލަވަތަކުގެ ކޮޕީ ރައިޓް ގަންނަ ކުންފުންޏަކަށް 200 މިލިއަން ޑޮލަރަށް ވިއްކާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން