ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ކަނދުފަތި ހަރުކުރެވޭނީ ފިޝަރީސް މިނިސްޓްރީއަށް އެކަނި ކަމަށް އެމިނިސްޓްރީން ހާމަކޮށްފިއެވެ.

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދުގައި ބުނާގޮތުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ކަނދުފަތި ހަރުކުރެވޭނީ ފިޝަރީސް މިނިސްޓްރީ އަށް އެކަންޏެވެ. ނޫނީ މިނިސްޓްރީން ހަވާލުކުރާ ބަޔަކަށް ކަމަށެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި އެއްވެސް ފަރާތްކުން އޮޔާދާ ކަނދުފަތި ނުވަތަ ޑްރިފްޓިންގ ފެޑް ދޫކުރުމަކީވެސް ނުވަތަ އެޅުމަކީވެސް މަނާކަމެއްކަމަށް މި ގަވާއިދުގައި ބުނެފައިވެއެވެ.



ރާއްޖޭގެ ކަނދުފަތި ވިއުގައިގައި އޮއިވާލި މަސްކަނދާއި ވަދުކަނދު ހިމެނެއެވެ. އަދި މި ވިއުގައިގައި މިހާރު 62 އޮއިވާލި މަސްކަނދާއި 11 ވަދުކަނދު ހިމެނޭ ކަމަށް މިއަހަރުގެ ޖެނުއަރީ މަހު މަސްވެރިކަމާއި ބެހޭ ވުޒާރާއިން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން