ސިފައިންގޭގައި މަސައްކަތް ކުރާ ސިފައިން ދިގު މުއްދަތެއްގައި ހިދުމަތް ކުރުމުން އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެގޮތަށް ގެދޮރު މިލްކުވާ އުސޫލަކުން އެކަން ކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސް އެގޮތަށް ނިންމެވިކަން ހާމަކުރެއްވީ، 70 ވަނަ ސިފައިންގެ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫންއެވެ.

ޣައްސާން ވިދާޅުވީ، ރައީސް ޑރ. މުއިއްޒު ބޭނުންފުޅުވަނީ ސިފައިން ފަރުދީ ގޮތުން ބޭނުންވާ ކަންކަންވެސް ހާސިލްކޮށްދެއްވުން ކަމަށެވެ. އެގޮތުން އެމަނިކުފާނުގެ ވިސްނުންފުޅުގައި އޮތީ ސިފައިންގެ ހިދުމަތަކީ ޒުވާނުންނަށް "ކެރިއަރ ޕާތް" އެއްގެ ގޮތުގައި ހަމަޖައްސަވާ ދެއްވުން ކަމަށާއި އެހެންކަމުން އެކަން ފުރިހަމަ ކޮށްދިނުމަށް ސިފައިންގެ ތެރޭގައި ދިގުމުއްދަތަކަށް ހިދުމަތް ކުރާ ސިފައިންނަށް ގެދޮރުވެރިކަން މިލްކްވާނެ ގޮތެއް ހަމަޖައްސަވާ ދެއްވުމަށް ރައީސް ނިންމާފައިވާކަމަށް މިނިސްޓަރު ޣައްސާން ވިދާޅުވިއެވެ.

ނަމަވެސް، އެކަން ކުރިއަށް ގެންދަވާނެ ގޮތުގެ ތަފުސީލް މިނިސްޓަރު ވިދާޅުވެފައެއް ނުވެއެވެ.

ފުލުހުންނާއި ސިފައިން ފަދަ މަދަނީ މަސައްކަތްތައް ކުރާ ފަރާތްތަކަށް ގެދޮރުގެ ކަންކަން ހަމަޖައްސައިދިނުމަށް ސަރުކާރުތަކުން އެކި މަޝްރޫއުތައް ކުރިއަށް ގެންދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން