މިދިޔަ 24 ގަޑީއިރު އައްޑޫއަށް 167،7 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ހާމަކޮށްފިއެވެ.

މެޓް އޮފީހުން ބުނީ މިއީ މިހާތަނަށް އައްޑޫއަށް މި އަހަރު އެންމެ ބޯކޮށް ވާރޭވެހުނު 24 ގަޑިއިރު ކަމަށެވެ.

އައްޑޫއަށް ފަހުގެ ތާރީހެއްގައި އެންމެ ބޯކޮށް ވާރޭވެހިފައި ވަނީ 2015 ވަނަ އަހަރު އެވެ. އެފަހަރު 228 މިލިމީޓަރުގެ ވާރޭ ވެހުނެވެ.

މެޓް އޮފީހުން ބުނެފައިވަނީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް އައްޑޫ އާއި ދެކުނުގެ އަތޮޅު ތަކަށް ވިއްސާރަ ކުރާނެ ކަމަށެވެ.

އޭގެ އިތުރުން މެދުރާއްޖެ ތެރޭގެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭއިރު، އުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް މެޓް އޮފީހުން މަޢުލޫމާތު ދީފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން