ވިލާ ޓްރޭޑިންގުން ކުންފުނިތަކުގެ މެދުގައި ބާއްވާ އިސްލާމިކް ކުއިޒް މުބާރާތެއް ކަމަށްވާ "ރޯދަ ޓްރިވިއާ" ތައާރަފްކޮށްފިއެވެ.

ބަރަކާތްތެރި ރަމަޟާން މަހުގެ ތެރޭގައި ބާއްވާ މި ހަރަކާތަކީ ކުންފުނިތަކުގައި އިސްލާމްދީނާ ބެހޭ މައުލޫމާތު ފަތުރައި ދީނީ ޢިލްމު މުއްސަނދި ކުރުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ. ވިލާ ޓްރޭޑިންގެ ރަސްމީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ތެރެއިން އިންސްޓަގްރާމް އަދި ފޭސްބުކްގައި ވެސް މި މުބާރާތުގެ ހުރިހާ އެޕިސޯޑުތަކެއް ހިއްސާކުރުމަަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މި މުބާރާތުގެ ފުރަތަމަ އެޕިސޯޑް ވަނީ މިހާރު ވިލާ މާޓުގެ ސޯޟަލް މީޑިއާ ޕޭޖުތަކުން އާންމުކޮށްފައެވެ.



"ރޯދަ ޓްރިވިއާ" ގައި ބައިވެރިވި ބައެއް ކުންފުނިތަކުގެ ތެރޭގައި އެލައިޑް އިންޝުއަރެންސް ކޮމްޕެނީ، އަމާނާ ތަކަފުލް، އެސްޑީއެފްސީ، އެފްޑީސީ، ރާއްޖެ އޮންލައިން، އުރީދޫ މޯލްޑިވްސް، އެމްއެމްއޭ، ވިލާ ޓްރެވަލްސް، ވިލާ ކޮލެޖް އަދި ވިލާ ޟިޕިންގް އެންޑް ޓްރޭޑީންގް ހިމެނެ އެވެ. މި ކުއިޒް ކުރިއަށް ގެންދާނީ ރެޕިޑް ފަޔަރ ސްޓައިލްގައެވެ. އެގޮތުން ކޮންމެ ޓީމަކަށްވެސް ދެވިފައިވާ 1 މިނެޓާއި 30 ސިކުންތުގެ ތެރޭގައި ވީހާވެސް ގިނަ ސުވާލުތަކަށް ޖަވާބު ދޭންޖެހޭނެއެވެ.



މި މުބާރާތުގެ އިނާމުތަކުގެ ތެރޭގައި އެއްވަނަ ލިބޭ ޓީމަކަށް 4 މީހުންނަަަަށް 1 ރޭގެ ރިސޯޓް ހުރުން ހަމަޖެހިގެންދާނެއެވެ. ދެވަނައަށް ދާ ޓީމަކަށް ސިންފަނީ މޯލްޑިވްސް އިން ސްޕޮންސަރ ކުރާ 4 މީހުންގެ ކެއުމާއި ތިންވަނައަށް ދާ ޓީމަކަށް ވިލާ މާޓުން ހާއްސަ ގިފްޓް ވައުޗަރ ލިބިގެންދާނެއެވެ.



ވިލާ ޓްރޭޑިންގުން ދެކޭ ގޮތުގައި މި މުބާރާތަކީ ހުރިހާ ބައިވެރިންނަށްވެސް ފޯރިގަދަ އަދި ތައުލީމީ މުބާރާތަކަށް ވާނެއެވެ. މީގެ އިތުރުން މުވައްޒަފުންގެ ޢިލްމު ދައްކާލުމުގެ ފުރުޞަތު ލިބި، ރަނގަޅު އިނާމުތަކާއި އެކު ކުންފުނިތަކުގެ މެދުގައި ވާދަވެރިކަން ދަމަހައްޓާނެ މުބާރާތަކަށް މިމުބާރާތް ވެގެންދާނެ ކަމަށް ވެސް އެކުންފުނިން ދެކެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން