ކޮންމެ ހުކުރު ދުވަހެއްގެ ހުކުރު ނަމާދުގައި ކިޔާ ހުކުރު ޚުޠުބާގެ އިނގިރޭސި ތަރުޖަމާ އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިޢުކުރަން ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީމް ބުނީ މިކަމުގެ ބޭނުމަކީ ޢާއްމުންގެ ހިތުގައި އިސްލާމްދީނަށް އިތުރަށް ލޯބިޖައްސައި، ދީނީ މަޢުލޫމާތު ފެތުރުން އިތުރުކުރުން ކަމަށެވެ.

“ހުކުރު ޚުޠުބާގެ އިނގިރޭސި ތަރުޖަމާ ވެބްސައިޓުގައި ޝާއިޢުކުރަން ފެށީ ރާއްޖެއަކީ ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތްކުރާ ޤައުމަކަށްވެފައި، އިސްލާމްދީނުގެ މަޢުލޫމާތު އެފަރާތްތަކަށް ވީހާވެސް ބޮޑަށް ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ.” އިސްލާމިކް މިނިސްޓްރީން މަޢުލޫމާތުދެއެވެ.

އެގޮތުން ކޮންމެ ހުކުރު ދުވަހެއްގެ ހުކުރު ނަމާދުގެފަހުން ހުކުރު ޚުޠުބާގެ އިނގިރޭސި ތަރުޖަމާ އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުން ލިބޭނޭކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ހަމައެއާއެކު ރާއްޖޭގައި އިސްލާމީ ދަޢުވަތު ފެތުރުމަށް ކުރަމުންދާ މަސައްކަތް ކުރިއަށް އޮތްތާނގައިވެސް އިތުރަށް ފުޅާކުރުމުގެ މަސައްކަތް ކުރާނެކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން