ދުނިޔޭގެ ކަނޑުތަކުގެ ދުޅަހެޔޮކަމާއި، ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތުގައި ބެލެހެއްޓުމާ ގުޅޭގޮތުން ބައިނަލްއަޤްވާމީ ފެންވަރުގައި މަޝްވަރާކުރުމަށް ބޭއްވި "ވޯލްޑް އޯޝަން ވީކް 2026" ހުޅުވުމުގެ ރަސްމިއްޔާތުގައި އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރްއޭ) އިން ބައިވެރިވެއްޖެއެވެ.
މިއަދު ޗައިނާގެ ޝިއާމެންގައި ފެށި މި ފޯރަމްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ އީއާރްއޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އަލްފާޟިލް ޙަސަން މުޙައްމަދާއި، ޑިރެކްޓަރ އަލްފާޟިލް ރިފްޢަތު ނަޢީމެވެ.
އީއާރްއޭ އިން ސޯޝަލް މީޑިއާގައި ހިއްސާކުރި މަޢުލޫމާތުގައިވާ ގޮތުން، މި އަހަރުގެ ވޯލްޑް އޯޝަން ވީކަކީ ދުނިޔޭގެ އެކި ޤައުމުތަކުގެ އިސް ވެރިންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ސައިންސްވެރިންގެ އިތުރުން ތިމާވެށީގެ ދާއިރާގެ ފަންނީ މާހިރުން އެއްތަނަކަށް އެއްވެ، މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންދާ ބޮޑު ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ކަނޑުތަކުގެ ޙިންގުމުގެ ނިޒާމު (އޯޝަން ގަވަރނަންސް) ހަރުދަނާކުރުމާއި، ކަނޑުގެ ދިރުންތަކުގެ މުއްސަނދިކަން (ބަޔޯޑައިވަރސިޓީ) ޙިމާޔަތްކޮށް ރައްކާތެރިކުރުމާ ގުޅޭގޮތުން ޢިލްމާއި ތަޖުރިބާ ބަދަލުކުރުމެވެ. މީގެއިތުރުން، ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުގެ ވަސީލަތްތައް ބެލެހެއްޓުމާއި، މި ދާއިރާއިން ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކުރެވިދާނެ ގޮތްތަކާމެދު ފުޅާ ދާއިރާއެއްގައި މި އިވެންޓުގައި މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.
ދިވެހިރާއްޖެއަކީ ނާޒުކު ތިމާވެއްޓެއް އޮތް، އަދި ކަނޑުގެ ވަސީލަތްތަކަށް ނުހަނު ބޮޑަށް ބަރޯސާވެފައިވާ ޤައުމަކަށް ވުމާއެކު، މިފަދަ ބައިނަލްއަޤްވާމީ މުހިންމު ޕްލެޓްފޯމްތަކުގައި ރާއްޖެ ތަމްސީލުވެ، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ތަޖުރިބާކާރުންނާ ގުޅުން ބަދަހިކުރުމަކީ ރާއްޖޭގެ ކަނޑުގެ މާޙައުލު ރައްކާތެރިކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުންވެސް ތިމާވެށި ރައްކާތެރިކުރުމަށާއި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް ބައިނަލްއަޤްވާމީ މައިދާނުގައި އިސް ދައުރެއް އަދާކުރުމަށް ދަނީ ޚާއްޞަ އިސްކަމެއް ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު