ތިނަދޫގައި އަމިއްލަ ފަރާތަކުން އަޅާ 400 މީހުންގެ ޖާގައިގެ މިސްކިތުގެ މަސައްކަތް, ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ތިނަދޫގައި އަމިއްލަ ފަރާތަކުން އަޅާ 400 މީހުންގެ ޖާގައިގެ މިސްކިތުގެ މަސައްކަތް, ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ގދ. ތިނަދޫގައި އަމިއްލަ ފަރާތެއްގެ ދީލަތި އެހީގައި ބިނާކުރަމުންދާ 400 މީހުންގެ ޖާގައިގެ މިސްކިތުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހާމަކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ވިދާޅުވީ، ތިނަދޫގައި އަޅަމުންދާ މި މިސްކިތުގެ މަސައްކަތްތައް މިހާރު ވަރަށް ބޮޑަށް ކުރިއަށް ގޮސްފައިވާ ކަމަށެވެ. އެގޮތުން މިހާރު އެ ސައިޓުގައި މައިގަނޑު ގޮތެއްގައި ކުރިއަށްދަނީ މިސްކިތުގެ ސީލިންގ ކުރުމާއި، އިމާރާތުގެ އޮނިގަނޑު އެކުލަވާލުމުގެ މަސައްކަތްތައް ކަމަށް އެ މިނިސްޓްރީން ވަނީ މައުލޫމާތު ދީފައެވެ.

އާބާދީ ބޮޑު ތިނަދޫގައި ދީނީ ކަންކަމަށް ލޯބިކުރާ އަމިއްލަ ފަރާތަކުން އިސްނަގައިގެން ބިނާކުރާ މި މިސްކިތަކީ އެ ރަށުގެ ރައްޔިތުންނަށް ނަމާދުކުރުމުގައި އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ އަދި ރަށުގެ ޖަމާއަތް އިތުރަށް ބަދަހިވެގެންދާނެ މުހިންމު ބިނާއެކެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތްތައް ބިނާކުރުމާއި، ދީނީ ވަސީލަތްތައް ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބޮޑު އަހައްމިއްޔަތުކަމެއް ދެމުން ގެންދަވާއިރު، އަމިއްލަ ފަރާތްތަކުން މިފަދަ ހެޔޮ ކަންކަމުގައި ބައިވެރިވެ ދެއްވާ އެއްބާރުލުން އިސްލާމިކް މިނިސްޓްރީން އަބަދުވެސް ފާހަގަކުރެއެވެ.

މި މިސްކިތުގެ މަސައްކަތްތައް ނިމި، ރައްޔިތުންނަށް އަޅުކަން ކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ތާރީޚެއް މިނިސްޓްރީން އަދި ހާމަކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު