ދިވެހިރާއްޖޭގެ ފަޚުރުވެރި 38 ވަނަ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ކުރީގެ ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން މުހިންމު މެސެޖެއް ދެއްވައިފިއެވެ.
މިއަދު މީސްމީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ޣައްސާން ވިދާޅުވީ، އަދުގެ ދުނިޔޭގައި ޤައުމުތަކުގެ މިނިވަންކަމަށާއި، އަމިއްލަވަންތަކަމާއި، އެއްބައެއްވަންތަކަމަށާއި އަދި ސިޔާދަތާއި އިސްތިގުލާލަށް އަސަރު ފޯރުވަނީ ހަމައެކަނި ކަނޑި އަދި ބަޑީން ނޫން ކަމަށެވެ.
އަދި އެއީ ހަމައެކަނި ބޭރުން ނުވަތަ ދުޝްމަނުންގެ ގޮތުގައި ފެންނަ ފަރާތްތަކުން އެކަނި ކުރާ ކަމެއް ނޫން ކަމަށާއި، ޤައުމަށް ފާޅުކަން ބޮޑު ގޮތެއްގައި ގެއްލުން ލިބިދާނެ ކަމަށް ފެންނަ ކަންކަމުން އެކަނި ވެސް ނޫން ކަމަށް ފާހަގަކުރަށްވައި، "ރައްކާވެ ތިބިއްޔާ ދަތުރު" ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނަޞްރުގެ ދުވަހުގެ ހެޔޮއެދުންތައް އެންމެހާ ލޮބުވެތި ދިވެހި އުޚުތުންނާއި އަޚުންނަށް އަރިސްކުރައްވަމުން ޣައްސާން ވިދާޅުވީ، 3 ނޮވެންބަރު 1988 ގައި ދިވެހި ސިފައިން ކުރެއްވި މަތިވެރި ޖިހާދަށް އެދުވަހު ފަޚުރުވެރިވި ފަދައިން މިއަދުވެސް ފަޚުރުވެރިވާ ކަމަށެވެ. އަދި ދިވެހި ސިފައިންގެ އިޚްލާސްތެރިކަމާއި، ހިތްވަރާއި، އަޒުމު އަދި ޙުއްބުލްވަތަންގެ ސިފަތައް ގާތުން ދެކިލުމުގެ ފުރުސަތު ލިބި ތަޖުރިބާކުރެވިފައިވާތީ، ދިވެހި ސިފައިންނަށް ފަޚުރުވެރިވަނީ ނުހަނު ލޯތްބާއެކުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، ރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތާއި، އިސްތިގުލާލު، ލެޔާއި ފުރާނައިން ޤުރުބާން ވެގެންވެސް އެދުވަހެކޭ އެއްފަދައިން މާތް ﷲ ގެ ރަޙްމަތްފުޅާއެކު މިއަދުވެސް ދިވެހި ސިފައިން ޙިމާޔަތް ކުރަށްވާނެކަން ކަށަވަރުވާ ކަމަށް ވެސް ޣައްސާންގެ ޕޯސްޓުގައި ފާހަގަކުރަށްވާފައިވެއެވެ.
ޣައްސާން މިހެން ވިދާޅުވެފައިވާއިރު، ނޮވެމްބަރު 3، 1988 ގައި ވެރިރަށް މާލެއަށް ދިން ނުރައްކާތެރި އުދުވާނީ ހަމަލާއަކީ ސްރީލަންކާގެ ހަތިޔާރުއެޅި ނިރުބަވެރި ޖަމާޢަތެއް ކަމަށްވާ ޕީޕަލްސް ލިބަރޭޝަން އޯގަނައިޒޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް) އާއި ހެންވޭރު ހާޖަރާގޭ ޢަބްދުﷲ ލުޠުފީ އިސްވެތިބެ، ދުރާލައި ރާވައިގެން ރާއްޖޭގެ މިނިވަންކަން ނަގާލައި ވެރިކަން ވައްޓާލުމަށް ދިން ވަރަށް ފިނޑި އަދި ބިރުވެރި ހަމަލާއެކެވެ. އެދުވަސްވަރު ރާއްޖޭގެ ރައީސަކަށް ހުންނެވީ ޣައްސާންގެ ބައްޕާފުޅު ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމެވެ.
މި ހިތާމަވެރި ޢުދުވާނުގައި ދިވެހި ޤައުމާއި މާތްވެގެންވާ އިސްލާމްދީނުގެ ދިފާޢުގައި ހިތްވަރާއެކު ހަނގުރާމަކުރި ދިވެހި ސިފައިންގެ 8 ބޭކަލަކާއި، ޢާންމު ރައްޔިތުންގެ ތެރެއިން 11 މީހަކު ހިމެނޭހެން ޖުމްލަ 19 ދިވެހި ދަރިން ވަނީ މި ފަސްގަނޑަށް ފުރާނައިން ޤުރުބާންވެ، ޝަހީދުވެ ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު