ފައިސަލް ކޯޗިން ގައި
ފައިސަލް ކޯޗިން ގައި
ކުރިއަށް އޮތް އެމްޑީޕީގެ ވެރިކަމެއްގައި ރައްޔިތުންނަށް ވަށާޖެހޭ ބޯހިޔާވަހިކަމެއް ހޯދައިދިނުމުގެ މަސައްކަތަކީ އެންމެ އިސްކަމެއް ދީގެން ކުރިއަށްގެންދާނެ ކަންތައް ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފައިސަލް މިފަދައިން ވިދާޅުވީ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމާއެކު ގަލޮޅު އުތުރު ދާއިރާގެ ގެތަކަށް ޒިޔާރަތްކުރައްވައި، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހު ދެއްވި އިންޓަވިއުއެއްގައެވެ.

މާލޭގެ ތޮއްޖެހުމާއި ބޯހިޔާވަހިކަމުގެ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވަމުން ފައިސަލް ވިދާޅުވީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އެމްޑީޕީ ސަރުކާރުން ފެށި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ބަރާބަރަށް ކުރިއަށް ގެންދަވާނެ ކަމަށެވެ.

މީގެއިތުރުން، ވަޒީފާގެ ފުރުސަތުތަކާއި އަލަށް ފަށާ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދީ، ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރިތައް ކުރިއަށް ގެންދެވޭނެ މަގު ފަހިކޮށްދިނުމަށް އިސްކަންދެއްވާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު