އަސާސީ މުދާ ނޫން މުދަލުގެ އަގު ބޮޑުކުރުމުގެ ހައްގު ވިޔަފާރިވެރިންނަށް އޮންނާނެ ކަމަށް އިޤްތިޞާދީ ވަޒީރު ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

މި ޖެނުއަރީމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޖީއެސްޓީގެ ގޮތުގައި 8 އިންސައްތަ ނަގަން ފެށުމާއެކު މުދަލާ ޚިދުމަތުގެ އަގު އިންތިހާއަށް މައްޗަށް ގޮސްފައިވާކަމުގެ ޝަކުވާ ޢާއްމުންދަނީ ކުރަމުންނެވެ.

އެކަމާ ގުޅިގެން ރާއްޖޭގެ މީޑިއާއެއްގައި ވާހަކަ ދައްކަވަމުން ވަޒީރު ފައްޔާޒު ވިދާޅުވީ ޖީއެސްޓީގެ ގޮތުގައި ނަގަންވާނީ ޖީއެސްޓީގެ ގޮތުގައި ކަނޑައެޅިފައިވާ އަގު ކަމަށެވެ. ހަމައެއާއެކު މުދަލުގެ އަގު ބޮޑު ކުރުމަކީ މަނާ ކަމެއް ނޫން ކަމަށާއި އެއީ ވިޔަފާރިވެރިންނަށް ކުރެވިދާނެ ކަމެއް ކަަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ ސަރުކާރުން ކޮންޓްރޯލްކުރަނީ އަސާސީ މުދަލުގެ އަގުތައްކަމަށެވެ. އެހެންކަމުން އެ ނޫން އައިޓަމްތަކުގެ އަގު ކަނޑައެޅުމުގެ މިނިވަންކަން ވިޔަފާރިވެރިންނަށް އޮންނާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ނަމަވެސް ޓެކްސްގެ ނަމުގައި އިތުރުއަގެއް ނަގާނަމަ އެއީ މައްސަލައެއްކަމަށްވެސް ފައްޔާޒު ވިދާޅުވެފައިވެއެވެ.

ސަރުކާރުން މިހާރު ކަނޑައަޅާފައިވަނީ ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުން 16 އިންސައްތަ ޓެކުހުގެ ގޮތުގައި ދަޢުލަތަށް ނެގުމަށެވެ. އަދި ޓޫރިޒަމް ދާއިރާ ފިޔަވައި އެނޫން ދާއިރާތަކުގެ މުދަލާއި ޚިދުމަތުން ނަގާ ޖީ.އެސް.ޓީ އަކީ 8 އިންސައްތަ ކަމަށްވެސް ސަރުކާރުން ވަނީ ކަނޑައަޅުއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން