ސަރުކާރުގެ ކޮންމެ ނިންމެވުމަކާ ގުޅިގެން ކޯލިޝަނާ މަޝްވަރާކުރަން ނުޖެހޭކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސްއޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވީ ސަރުކާރު ކޯލިޝަންގެ ޕާޓީތަކާއެކު މަޝްވަރާތައް ކުރެވޭ ކަމަށެވެ.

ނަމަވެސް ކޮންމެ ނިންމުމެއް ނިންމުމުގެ ކުރިން ޕާޓީތަކާ މަޝްވަރާކުރުމަކީ ކުރަންޖެހޭ ކަމެއްކަމަށް ދެކެވަޑައި ނުގަންނަވާކަމަށް މިއުވާން ވިދާޅުވިއެވެ.

ޕާޓީތަކުގެ މަޝްވަރާ ރައީސަށް ލިބިވަޑައިގަންނަވާކަން ފާހަގަ ކުރަށްވަމުން މިއުވާން ވިދާޅުވީ ރައްޔިތުންގެ ލާބަޔާއި މަންފާއަށް އަޅުއްވަންޖެހޭ ފިޔަވަޅުތައް ރައީސުލްޖުމްހޫރިއްޔާ އަޅުއްވާނެ ކަމަށެވެ.

"ދެން އެގޮތަށް ވާކަށް ނުޖެހޭހެން ހީވަނީ. ރައީސުލްޖުމްހޫރިއްޔާ ރައްޔިތުން އިންތިޚާބުކުރަނީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް." މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ ކޯލިޝަން ބަދަހިކަމާއެކު ދެމެހެއްޓުމުގެ ޤާބިލުކަން މިސަރުކާރާއި އެމްޑީޕީގައި ހުރިކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން