ހުޅުމާލެ ފޭސް ދޭކުން ގެއްލިގެން ހޯދަމުންދާ ކ. މާލެ / ހ. ބޮނޑިކަނދޮޅުގެ، މުޙައްމަދު އަޒުހާން (27އ) އެންމެފަހުން ފެނުނީ ކާރަކަށް އަރަނިކޮށްކަމަށް ފުލުހުން ބުނެފިއެވެ.

މުހައްމަދު އަޒުހާން (27އ) ނަމަކަށް ކިޔާ ޒުވާނަކު ހުޅުމާލެ ދެވަނަ ފިޔަވަހިން ގެއްލިގެން ރިޕޯޓު ކޮށްފައިވަނީ މި މަހުގެ 19 ވަނަ ދުވަހުއެވެ. އޭނާ ހޯދުމަށް އާންމުންގެ އެހީއަށް ފުލުހުން އެދިފައި ވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ.

ފުލުހުން ބުނީ ހުޅުމާލެ ފޭސް ދޭކުން ގެއްލިގެން ހޯދަމުންދާ މުޙައްމަދު އަޒުހާން (27އ) ހޯދުމުގެ މަސައްކަތް އަދިވެސް ފުލުހުން ދަނީ ކުރަމުންކަމަށެވެ. މިހާތަނަށް ކުރި މަސައްކަތުން މުޙައްމަދު އަޒުހާން އެންމެ ފަހުން ފެނިފައިވަނީ މި ސެޕްޓެމްބަރ މަހުގެ 18 ވަނަ ދުވަހު ފަތިހުގެ ހިޔާ ފްލެޓް 13 ވަނަ ޓަވަރު ކައިރިންކަމަށް ފުލުހުން ބުނެއެވެ.

އެގޮތުން ފުލުހުން އެސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތައް ބެލިބެލުމުން އެދުވަހުގެ 04:53 އެހާކަންހާއިރު ހުދުކުލައިގެ ކާރަކަށް އަރާކަން ވަނީ ފާހަގަކުރެވިފައިކަމަށާއި އަދި އިތުރު ފުޓޭޖުތައް ބަލައި، ކާރު ދެނެގަތުމުގެ މަސައްކަތްވެސް ދަނީ ކުރަމުންކަމަށް ފުލުހުން ބުންޏެވެ.



ފުލުހުން ބުނީ މުޙައްމަދު އަޒުހާންއާ އަދި ހިޔާ ފްލެޓް ސަރަހައްދުން ފޮޓޯއިން ފެންނަ ހުދުކުލައިގެ ޓެކްސީއެއް ފެނިފައިވާ ފަރާތެއްވާނަމަ ނުވަތަ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު ފަތިހު ހިޔާ ފްލެޓް 13 ވަނަ ޓަވަރު ކައިރިން ދަތުރެއް ނަގާފައިވާކަމަށް ބެލެވޭނަމަ އެ ޑްރައިވަރަކު ލަސް ނުކުރައްވައި ހުޅުމާލެ ޕޮލިސް ފޭސް ދޭއް އިންވެސްޓިގޭޝަނަށް އެންގުމަށް ފުލުހުން އެދިފައި ވެއެވެ.

އަޒުހާން އެންމެ ފަހުން ފެނުނުއިރު އޭނާ ލައިގެން ހުރީ މާޖެހި ޕީޗް ކުލައިގެ އަތްކުރު ގަމީހެއް ކަމަށް ވެސް ފުލުހުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން