ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަކީ ހަމައެކަނި މާލީ މުއައްސަސާއެއް ނޫން ކަމަށާއި، އެއީ ގައުމީ ތަރައްގީގެ މުހިންމު ބައިވެރިއެއް ކަމަށް އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދޭ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، ގައުމީ ބޭންކުގެ ހައިސިއްޔަތުން ބީއެމްއެލް އާއި ސަރުކާރާ ދެމެދު އޮންނަ ގުޅުމުގެ އަސްލަކީ ދެ ފަރާތުން ހިއްސާކުރާ އެއް ތަސައްވުރެއް ކަމަށެވެ. އެއީ ހަރުދަނާ، އެންމެންނަށް ޝާމިލުވެވޭ، އަދި ފާގަތި ރާއްޖެއެއް ބިނާކުރުމުގެ ތަޞައްވަރެއް ކަމަށް ސީއީއޯ ޝަރީފް ވިދާޅުވިއެވެ.
ސަރުކާރާއެކު ބޭންކުން ކުރަމުންދާ މުހިއްމު މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން، މުޅި ރާއްޖެއަށް އޭޓީއެމްގެ ޚިދުމަތް ފުޅާކުރުމުގެ މަޝްރޫޢަކީ އޭގެ އެންމެ ފުރިހަމަ މިސާލު ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ. މި މަޝްރޫޢުގެ ދަށުން އެންމެ 9 މަސް ދުވަހުގެ ތެރޭގައި 105 ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށް، މީހުން ދިރިއުޅޭ ހުރިހާ ރަށަކުން މި ޚިދުމަތް ލިބޭނެ މަގު ބޭންކުން ވަނީ ފަހިކޮށްދީފައެވެ.
ޝަރީފް ވިދާޅުވި ގޮތުގައި، މި މަސައްކަތް ނިންމާލާފައިވަނީ ކުރިން އޭޓީއެމް ބަހައްޓަމުން އައި އަގަށްވުރެ 33 އިންސައްތަ ކުޑަ އަގަކުގައެވެ. އަދި މި އިންވެސްޓްމެންޓްގެ ބޮޑު ބައެއްގައި ސަރުކާރުގެ އެހީތެރިކަން ލިބިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ ނަތީޖާއެއްގެ ގޮތުން އޭޓީއެމްތަކަށް ޖަމާކުރާ ފައިސާ އިތުރުވެ، ރާއްޖޭގެ މާލީ ނިޒާމުގެ ތެރެއަށް ފައިސާ ވަންނަ މިންވަރު އިތުރުވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން، ބޭންކުން އަލަށް ފަށާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢާ ގުޅޭގޮތުން ވެސް ޝަރީފް މަޢުލޫމާތު ދެއްވިއެވެ. ބީއެމްއެލްގެ ސަބްސިޑިއަރީ ކުންފުންޏެއް ކަމަށްވާ "ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ޕްރައިވެޓް ލިމިޓެޑް" މެދުވެރިކޮށް 3,260 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި މަޝްރޫޢުގެ ސަބަބުން ދިވެހި އާއިލާތަކަށް ހެޔޮ އަގުގައި އަމިއްލަ ބޯހިޔާވަހިކަން ކަށަވަރުވެ، ގިނަ ދުވަސްތަކެއްގެ ހުވަފެން ހަޤީޤަތަކަށް ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް މިފަދަ ގުޅުންތަކަކީ ހަމައެކަނި ސިޔާސަތު ތަންފީޒުކުރުމެއް ނޫން، މިއީ ވިޔަފާރީގެ ގޮތުން ބެލިޔަސް ނިންމާ ރަނގަޅު ނިންމުންތަކެއް. މީގެ ސަބަބުން އަގުހެޔޮ ބޯހިޔާވަހިކަން ފަދަ އައު ދާއިރާތަކަށް ވަނުމުން، އާމްދަނީ ލިބޭނެ އައު މަގުތައް އުފެދި، ބޭންކުގެ ވިޔަފާރި ސިންދަފާދުވެގެންދޭ،" ޝަރީފް ވިދާޅުވިއެވެ. މި ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭގައި ނިންމާލެވޭނެ ކަމަށް ބޭންކުން ލަފާކުރެއެވެ.
ދިވެހި އިޤްތިޞާދުގައި ބޭންކުގެ ދައުރުގެ މުހިންމުކަން ހާމަކުރައްވަމުން ސީއީއޯ ވިދާޅުވީ، ބީއެމްއެލްގެ ޖުމްލަ އެސެޓަކީ މުޅި ރާއްޖޭގެ ޖީޑީޕީގެ 38 އިންސައްތަ ކަމަށެވެ. އެހެންކަމުން، ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމަކީ ބޭންކުގެ ކުރިމަގަށް ސްޓްރެޓީޖިކް ގޮތުން ވަރަށް މުހިންމު ކަމެއް ކަމުގައި އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު