ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލަކީ މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު އިތުރުކުރުމަށާއި، ރައީސުލްޖުމްހޫރިއްޔާގެ ދައުރުވެސް ދަންމާލުމުގެ މަގުފަހިވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޑރ. ޝަމްހީދު ވިދާޅުވީ، ގާނޫނުއަސާސީއަށް ގެންނަން އުޅޭ މި އިސްލާހުގައި މައިގަނޑު ދެ މާއްދާއެއް ހިމެނޭ ކަމަށެވެ. އެއީ މަޖިލިސް އިންތިހާބު ރިޔާސީ އިންތިހާބާ އެކު ބޭއްވުމާ ގުޅޭ 72 ވަނަ މާއްދާއާއި، ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ އުމުރު ބަދަލުކުރުމާ ގުޅޭ 79 ވަނަ މާއްދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޝަމްހީދު ވިދާޅުވި ގޮތުގައި، ގާނޫނުއަސާސީގެ 262 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުން ބައެއް މާއްދާތަކަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ ރުހުން ހޯދުމަށްފަހުގައެވެ. އޭނާ ވިދާޅުވީ 72 ވަނަ މާއްދާއަށް ބަދަލު ގެނައުމަށް ރައްޔިތުންގެ ރުހުން ހޯދަން ނުޖެހުނު ކަމުގައިވިޔަސް، 79 ވަނަ މާއްދާއަށް ބަދަލު ގެނައުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ކޮންމެހެން ބޭނުންވާނެ ކަމަށެވެ.
"އޮޅުވާނުލާ.. ރައްޔިތުން ލައްވާ ފާސްކުރަން ތިޔައުޅެނީ، މިހާރު ހިނގަމުންމިދާ 20 ވަނަ މަޖިލީހަށް އެމީހުންގެ ދައުރު ދެންމިދާނެކަން،" ސަރުކާރަށް އަމާޒުކުރައްވައި ޝަމްހީދު ވިދާޅުވިއެވެ.
މީގެ އިތުރުން ޝަމްހީދު ވަނީ މި އިސްލާހުގެ ނުރައްކާތެރިކަމާ މެދު ސުވާލު އުފައްދަވާފައެވެ. އޭނާ ވިދާޅުވީ، މިހާރު ސަރުކާރާއި އިލެކްޝަންސް ކޮމިޝަނުން މިކަން ކުރިއަށް ގެންދަނީ 72 ވަނަ މާއްދާއަށް ނަގާ ވޯޓެއްގެ ގޮތުގައި ދައްކައިގެން ކަމަށެވެ. ނަމަވެސް، މި ފެންނަ ނުފެންނަ ވޯޓުގެ ސަބަބުން މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ދައުރުވެސް ދަންމާލުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.
މި މައްސަލާގައި ޑރ. ޝަމްހީދު ކަންބޮޑުވުން ފާޅުކުރައްވާފައި ވާއިރު، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއެކު ރާއްޖޭގައި ބާއްވާ މައި ދެ އިންތިހާބު އެއްކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ރިފަރަންޑަމެއް ބާއްވަން ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އިދިކޮޅު ފަރާތްތަކުން ދަނީ މިކަމުގައި ސަރުކާރުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލަމުންދާ ކަމަށް ބުނެ އަޑުއުފުލަމުންނެވެ. އަދި އިދިކޮޅު ފަރާތްތަކުން ދަނީ މި ރިފަރަންޑަމްގައި ސަރުކާރަށް "ނޫނެކޭ" ބުނުމަށް ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު