މި ސަރުކާރުގެ ތިންވަނަ ޕޮލިސް ކޮމިޝަނަރު އައްޔަންކުރުމަށް ހުޅުވައިލި ފުރުސަތުގައި އެއްވެސް ބޭފުޅަކު ކުރިމަތިލާފައި ނުވަނީ ސިޔާސީ ލީޑަޝިޕަށް އޮތް އިތުބާރު ކުޑަވުމުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު މިހެން ވިދާޅުވީ، ހުސްވެފައިވާ ސީޕީގެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު އިއްޔެގެ ނިޔަލަށް ހަމަވިއިރު ވެސް އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައި ނުވުމާ ގުޅިގެންނެވެ. މިއީ ފުލުހުންގެ އިސް ސަފުން ސިޔާސީ ވެރިންނަށް ދިން ވަރުގަދަ މެސެޖެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
އުމަރު ނަސީރު އިތުރަށް ތުހުމަތުކުރެއްވި ގޮތުގައި، މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެ، ވައްކަން ކުރާ މީހުން ވެރިކަމުގެ ބާރުގެ ތެރެއަށް ވަދެފައިވާއިރު، ފުލުހުންނަށް އޮތީ އެފަދަ ފަރާތްތަކަށް "ސެލިއުޓް" ކުރުމެވެ.
މި ސަބަބާ ހުރެ ފުލުހުންގެ އެންމެ މަތީ މަގާމާ ހަވާލުވާނެ ބޭފުޅަކު ނުވުމަކީ ގައުމުގެ މިހާރުގެ ހާލަތާއި ސިޔާސީ ނިޒާމަށް އޮތް އިތުބާރު ގެއްލިފައިވާކަމުގެ ހެއްކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން މިދިޔަ މަހުގެ 18 ވަނަ ދުވަހު ފުލުހުންގެ ޚިދުމަތުން ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.
ނަވީންއަކީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ދެވަނަ ބޭފުޅާއެވެ. އޭގެ ކުރިން އެ މަގާމުގައި ހުންނެވި އަލީ ޝުޖާއު ވެސް ވަނީ ކުއްލި ގޮތަކަށް މިދިޔަ އޭޕްރީލް މަހު އިސްތިއުފާ ދެއްވައި ރިޓަޔާ ކުރައްވާފައެވެ. މި ވަގުތު ފުލުހުންގެ އިދާރާ ވަގުތީ ގޮތުން ހިންގަވަނީ ޑެޕިއުޓީ ކޮމިޝަނާ ފަރުހާދު ފިކުރީއެވެ.
އައު ސީޕީއަކު ހޯދުމަށް ފުލުހުން ކުރި އިއުލާނަށް އެއްވެސް އިޖާބައެއް ނުލިބުމުން، މިހާރު ވަނީ އެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި މީގެ ކުރިން މި މަގާމަށް ފުރުސަތު ހުޅުވައިލުމުން ނަވީންގެ އިތުރުން ފަރުހާދު ފިކުރީ އާއި އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު ޝަމީމް ވެސް ވާދަކުރެއްވިއެވެ. ނަމަވެސް މިފަހަރު އެއްވެސް ބޭފުޅަކު ކުރިމަތިލާފައި ނުވުމަކީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު