އެމްއޭސީއެލްގެ ޑޮމެސްޓިކް ޓާމިނަލް ކުރިމަތިން ޓެކްސީ ލިބޭނެ އިންތިޒާމް ހަމަޖެއްސުން، ފޮަޓޯ: އެމްއޭސީއެލް
އެމްއޭސީއެލްގެ ޑޮމެސްޓިކް ޓާމިނަލް ކުރިމަތިން ޓެކްސީ ލިބޭނެ އިންތިޒާމް ހަމަޖެއްސުން، ފޮަޓޯ: އެމްއޭސީއެލް
ވެލޭނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ބޭނުންކުރާ ފަސިންޖަރުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލް (ޓާމިނަލް 2) ގެ ސީދާ ކުރިމަތިން ޓެކްސީގެ ހިދުމަތް ލިބޭނެ އިންތިޒާމު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހަމަޖައްސައިފިއެވެ.

އެމްއޭސީއެލް އިން ބުނީ އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް ގެނައި މި ބަދަލާއެކު މިއަދު ހެނދުނު 10:00 އިން ފެށިގެން ޑޮމެސްޓިކް ޓާމިނަލުން ދަތުރުކުރާ ފަރާތްތަކަށް ޓާމިނަލްގެ ކުރިމަތިން ޓެކްސީއަށް އަރައިފޭބޭނެ މަގު ފަހިވެފައިވާ ކަމަށެވެ. މިއީ އެއާޕޯޓުން ދަތުރުކުރާ ފަސިންޖަރުންނަށް ވީހާވެސް އަވަސް އަދި ލުއިފަސޭހަ ހިދުމަތެއް ފޯރުކޮށްދިނުމުގެ މަގްސަދުގައި ގެނައި ބަދަލެއް ކަމަށް އެ ކުންފުނިން ބުނެއެވެ.



އެމްއޭސީއެލްގެ ޓްރެފިކް ފްލޯއަށް ގެނައި ބަދަލު


އަލަށް ގެނެވުނު އިންތިޒާމުތަކުގެ ތަފްސީލު ހާމަކުރަމުން އެމްއޭސީއެލުން ބުނީ، ޓާމިނަލް 2 ގެ އެރައިވަލް ކުރިމަތީގައިވާ ސަރަހައްދު މިހާރު ހާއްސަކޮށްފައިވަނީ ފަސިންޖަރުން ބޭލުމަށް ކަމަށެވެ. އެ ސަރަހައްދުގައި އެއްފަހަރާ ހަތަރު ޓެކްސީއަށް މަޑުކުރެވޭނެ ގޮތަށް ސްލޮޓްތައް ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން، ޓާމިނަލް 2 ގެ ޑިޕާޗާ ކުރިމަތީގައިވާ ސަރަހައްދު ވަނީ ފަސިންޖަރުން ޓެކްސީއަށް އެރުވުމަށް ހާއްސަކޮށްފައެވެ. މި ސަރަހައްދުގައި އެއްފަހަރާ ފަސް ޓެކްސީއަށް މަޑުކޮށްގެން ފަސިންޖަރުން އެރުވޭނެ އިންތިޒާމު ވަނީ ގާއިމުކޮށްފައެވެ.

މި ބަދަލަކީ އެއާޕޯޓުން ދަތުރުކުރާ ފަރާތްތަކަށް ވީހާވެސް ލުއިފަސޭހަ އަދި އަވަސް ހިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި އެމްއޭސީއެލް އިން ގެނައި މުހިންމު ބަދަލެކެވެ. މީގެ

ކުރިން ޑޮމެސްޓިކް ޓާމިނަލުން ދަތުރުކުރާ ފަރާތްތަކުން ޓެކްސީ ހޯދުމަށް ކޮންމެވެސް ވަރެއްގެ ދުރުމިނަކަށް ހިނގަން ޖެހެއެވެ.



ކިޔުންތެރިންގެ ހިޔާލު