ކުރީގެ ރައީސް މުޙައްމަދު ނަޝީދު
ކުރީގެ ރައީސް މުޙައްމަދު ނަޝީދު
މިހާރު ހުޅަނގު އޭޝިއާ ނުވަތަ މެދުއިރުމަތީގެ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާކަން ފާހަގަކުރައްވައި، އެ ސަރަހައްދުގެ ހަމަނުޖެހުންތައް މަޑުޖެހެމުންދާ ކަމުގެ ނިޝާންތައް ފެންނަން ފަށާފައިވާ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، މިއީ ސަރަހައްދީ މަސްރަހަށް އަންނަ ވަރަށް މުހިންމު ބަދަލަކަށް ވެދާނެ ކަމަށެވެ.

ރައީސް ނަޝީދު ފާހަގަކުރެއްވި ގޮތުގައި، ގަލްފުގެ ގައުމުތަކަށް ބޭނުންވާ ހަގީގީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި އެމެރިކާ ވަނީ ނުކުޅެދިފައެވެ.

މީގެ ސަބަބުން، ބޭރުގެ ބާރުތަކަށް ބަރޯސާވުމުގެ ބަދަލުގައި، އެ ގައުމުތަކުން މިހާރު އިސްކަންދެނީ އަމިއްލަ ސަރަހައްދީ އިސްތިގުލާލު ދެމެހެއްޓުމަށާއި ސަރަހައްދީ އެއްބައިވަންތަކަން އިސްކުރުމަށް ކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ. މިއީ މީގެ ކުރިން ވެސް ތާރީޚީ ގޮތުން ފެނިފައިވާ ކަމެއް ކަމަށާއި، މި ބަދަލުތަކާއެކު އެމެރިކާއާއެކު ބާއްވާ ގުޅުންތަކާމެދު ސުވާލުތަކެއް އުފެދޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، އެމެރިކާގެ އަސްކަރީ ރައްކާތެރިކަމުގެ ނިޒާމުން ބޭރުގައި މި ގައުމުތަކުން އަމިއްލައަށް މަސައްކަތް ކުރުމުގެ ވިސްނުމަކީ މުޅިން އާ ކަމެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން މި މަހުގެ ކުރީކޮޅު އިންޑިއާގެ "ވިއޮން" މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ވެސް ރައީސް ނަޝީދު ވަނީ އެ ސަރަހައްދުގެ ހާލަތާމެދު ކަންބޮޑުވުން ފާޅުކުރައްވައި، ދާއިމީ ސުލްހައަކަށް ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު