މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު، ޗައިނާގެ ސްޓޭޓް ކައުންސިލާރ އަދި ހާރިޖީ ވަޒީރު ވަންގޔީއާ ބައްދަލުކުރައްވައި، މަޝްވަރާތަކެއް ބާއްވައިފިއެވެ.

މި މަޝްވަރާތައް ބާއްވާފައި ވަނީ މިހާރު ކުރިއަށްދާ އދގެ އާއްމު މަޖިލީހުގެ 77 ވަނަ ސެޝަންގެ ހަވާސާގެ ތެރެއިންނެވެ.

ޝާހިދު ވިދާޅުވީ މި ބައްދަލުވުމުގައި ދެ ގައުމުގެ ގާތް، ވަރުގަދަ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށެވެ. އަދި ބައިނަލްއަގުވާމީ މައިދާނުގައި ގުޅިގެން ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމާއި ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިކަމަށް ޝާހިދު ވިދާޅުވިއެވެ.



އދގެ އާއްމު މަޖިލީހުގެ 77 ވަނަ ސެޝަން ހަވާސްގެ ތެރެއިން މިނިސްޓަރ ޝާހިދު ގެންދަވަނީ ދުނިޔޭގެ އެކި ގައުމުތަކުގެ ލީޑަރުންނާއި ވަޒީރުންނާ ބައްދަލުކުރައްވަމުންނެވެ.

މި ބައްދަލުކުރެއްވުންތަކުގައި އެމަނިކުފާނު ގެންދަވަނީ ރާއްޖެއަށް އެކި ދާއިރާތަކުން އެހީތައް ހޯއްދެވުމަށް މަސައްކަތް ކުރައްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން