ސ. ހުޅުދޫ، ރެޑިއަމް، ޙުސައިން ޢަފީފް (47އ)
ސ. ހުޅުދޫ، ރެޑިއަމް، ޙުސައިން ޢަފީފް (47އ)
ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަން އިޢުލާނުކޮށްފިއެވެ.

ފުލުހުން ބުނީ ސ. ހުޅުދޫ، ރެޑިއަމް، ޙުސައިން ޢަފީފް (47އ) ފުލުހުންގެ އިދާރާއަށް ޙާޟިރުކުރުމަށް އިޢުލާންކުރީ ފުލުހުންގެ ތަހުޤީޤަށް ޙާޟިރުކުރުމަށް ބޭނުންވެ، އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ޗިޓް ރައްދުކުރެވިފައި ނުވާތީއާއި އަދި އާއިލާއަށްވެސް އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ކަމަށެވެ.

ޙުސެއިން އަފީފް ޙާޟިރުކުރުމަށް ބޭނުންވަނީ، މަސްތުވާތަކެތީގެ މައްސަލައެއްގެ ތަހުގީގުގައި ސުވާލުކުރުމަށް ކަމަށާއި، އެހެންކަމުން ސެޕްޓެމްބަރ 23 ވަނަ ދުވަހުގެ 13:00 އަށް ޝަހީދު ޙުސައިން އާދަމް ބިލްޑިންގ،އަށް ޙާޟިރުވުމަށް ފުލުހުންގެ އިޢުލާންގައި އޭނާއަށް ވަނީ އަންގާފައެވެ.

މީނާ ހޯދުމަށް އިޢުލާނު ކޮށްފައިވަނީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ކަމަށް ފުލުހުންގެ އިޢުލާނުގައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން