ޤައުމެއްގެ ޙަޤީޤީ ތަރައްޤީއަކީ ހަމައެކަނި އުމްރާނީ ގޮތުން ގެނެވޭ ބަދަލުތަކެއް ނޫން ކަމަށާއި، އެއީ އިންސާނާގެ ވިސްނުމާއި ސިކުނޑިއަށް އަންނަ ހެޔޮ ބަދަލު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކިތަންމެ ގިނަ އިމާރާތްތަކަކާއި އިންފްރާސްޓްރަކްޗަރގެ ބޮޑެތި މަސައްކަތްތަކެއް ކުރި ނަމަވެސް، މީހާގެ ސިކުނޑި ހެޔޮގޮތުގައި ތަރައްޤީ ނުކުރެވޭ ނަމަ ވަށާޖެހޭ ގޮތެއްގައި ޤައުމު ތަރައްޤީ ނުކުރެވޭނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި، އެކަކު އަނެކަކަށް އިޙުތިރާމްކުރުމާއި، އަޅާލުމާއި، އޯގާތެރިކަން މުޖުތަމަޢުގައި އަށަގެންނެވިއްޖެ ނަމަ، ރާއްޖެ ވެގެންދާނީ ކުރީގެ ޒަމާންތަކުގައި އޮތް ފަދަ އަމާން، އެކުވެރި މުޖުތަމަޢަކަށެވެ.
ޚާއްޞަކޮށް ކުޑަކުދިންނާއި ޒުވާނުން ރަނގަޅު ގޮތުގައި ބައްޓަންކޮށް، އަޚުލާޤު އިޞްލާޙުކުރުމަކީ އެންމެންގެ ޒިންމާއެއް ކަމަށާއި، އެކަން ނުކޮށް ޤައުމު ޙަޤީޤީ މާނައިގައި ކުރިއަށް ނުގެންދެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ސިޔާސީ ބާރާއި ނުފޫޒު ހޯދުމުގެ ބޭނުމުގައި ވެރިންނަށާއި އާއިލާތަކަށް ބަދުބަސް ބުނުމާއި، ޙަޤީޤަތް ނުބަލައި ދޮގު ޚަބަރު ފެތުރުމަކީ ޤައުމީ އަބްޠާލުން ވެވަޑައިގެންނެވި ޤުރުބާނީތަކަށް ވެވޭ ޚިޔާނާތެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.
ކޮންމެ މީހަކަށްވެސް މިނިވަންކަން ލިބިފައިވީ ނަމަވެސް، އެ މިނިވަންކަމުގެ ބޭނުން ހިފަންވާނީ ތެދު ޙަޤީޤަތުގެ މައްޗަށް ބިނާކޮށް ފުރިހަމަ ޒިންމާދާރުކަމާއެކު ކަމަށާއި، ދިވެހި ރައްޔިތުން އިޞްލާޙުގެ މަގު އިޚުތިޔާރު ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު